ދިވެހިރާއްޖެ
ދިރާސާ 2ގެ އިންޖީނު މޭޖަރއޯވަރހޯލްކޮށް މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ވިއްކާނެ ފަރާތެއް ހޯދުން
ކ.ހުރާ ކައުންސިލުން ބަލަހަށްޓަމުން ގެންދާ ރައްޔިތުންގެ ފެރީދޯނި ދިރާސާ2ގެ ޔަންމާރ (6CH UTE 255hp) އިންޖީނުގެ މޭޖަރ އޯވަރހޯލް ކުރުމަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނޭފަރާތެއް
ހޯދަން ކުރެވުނު ނަންބަރު (IUL)334/334/2019/88 އިއުލާނާ ގުޅިގެން އެއްވެސްފަރާތަކުން ބިޑް ހުށައަޅާފައިނުވާތީ އެ އިއުލާން ބާތިލުކޮށް ދެވަނަ ފަހަރަށް އިޢްލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 25 އޮގަސްޓް 2019 ވާ އާދީއްތަ ދުވަހުގެ 13:30އާއި ހަމައަށް މި ކައުންސިލްގެ އީމެއިލް އެޑްރެސް [email protected]
މެދުވެރިކޮށް ނުވަތަ 6640074 ނަމްބަރު ފޯނާ ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މި ކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.