ދިވެހިރާއްޖެ
ނަންބަރ: IL-D/423/2019/57
އިޢުލާން
ގޯތި ތަކުގައި ގެއެޅުމަށް ބޭނުންވާ ފަރާތްތަކުގެ ޢަދަދު ކަނޑައެޅުމާއި ބެހޭ
މި ސަރުކާރުގައި ބޯހިޔާވަހިކަމުގެ ތެރޭގައި ހިމެނޭ 20،000 ހައުސިންގ ޔުނިޓްގެ މަޝްރޫޢުގެ ދަށުން ފަރެސްމާތޮޑާގައި އެޅުމަށް ހަމަޖެހިފައިވާ 121 ހައުސިންގ ޔުނިޓް މިރަށުގައި ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކުގެ ތެރެއިން މިހާރު އިމާރާތެއް ނުކުރެވިހުރި ގޯތިތަކުގައި އިމާރާތެއް ހެދުމަށް ބޭނުންވާ ފަރާތްތަކުގެ ޢަދަދު ހޯދަން ބޭނުންވެއްޖެއެވެ.
މިހާރު ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ
- މިއުޞޫލުގެ ދަށުން އިމާރާތްކުރުމަށް ކަނޑައެޅޭ ގޯއްޗަކީ އެ ގޯތީގައި ގެ އެޅުމަށް އެދޭ ފަރާތުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގޯއްޗެއް ކަމުގައިވުން.
- އެމީހެއްގެ އަމިއްލަ ނަމުގައި ސަރުކާރުގެ ގެދޮރުވެރި ކުރުމުގެ ސްކީމަކުން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ނުވުން.
- ލިބިފައިވާ ގޯތީގައި ނުވަތަ ލިބިފައިވާ ބައެއްގައި ދާއިމީ އިމާރާތެއް ހެދިފައިނުވުން (ދާއިމީ އިމާރާތެއްގެ ގޮތުގައި ބެލެވޭނީ ދިރިއުޅެވޭ ފެންވަރަށް އިމާރާތްކޮށް ނިންމާފައިވާ އިމާރާތެއް ކަމުގައިވާނަމަ)
- އެކަކަށްވުރެ ގިނަމީހުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ގޯއްޗެއްގައި އިމާރާތް ކުރުމަށް އެދޭނަމަ، އެފަދަ ގޯއްޗެއްގެ ހުރިހާ މިލްކުވެރިން އެކަމަށް އެއްބަސްވާން ވާނެއެވެ.
- މިއުޞޫލުގެ ދަށުން ގޯތީގައި ގެއެއް އިމާރާތް ކުރުމަށް ޝަރުތު ފުރިހަމަވެ، ދެމަފިރިން ހޮވިއްޖެނަމަ ދެމަފިރިންނަށް ލިބިފައިވާ 2 ގޯއްޗެއްގައި އިމާރާތް ކުރުމަށް އެދޭނަމަ، 2 ފަރާތުން އެއްބަސްވާ އެއް ގޯތީގައި އިމާރާތްކޮށްދިނުން.
- އިމާރާތްކުރުމަށް އެދޭ ގޯއްޗަކީ ރަހުނުކޮށްފައިވާ ގޯއްޗެއްނަމަ ރަހުނު ބެހެއްޓި މާލީ އިދާރާގެ ހުއްދަ ދިންކަން އެގޭ ލިޔުން އޮންނަންވާނެއެވެ.
- ގޯތީގައި ގެ އިމާރާތްކުރުމަށް އެދޭ ފަރާތްތަކުން އަންނަނިވި ކަންތައްތަކަށް އެއްބަސްވެ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއި ކުރަންވާނެއެވެ.
- ގޯތީގައި ގެ އިމާރާތްކުރާނެ ޑިޒައިން ލޭއައުޓް އެއްބަސްވެ ސޮއިކުރުމަށްފަހު، އެ ޑިޒައިން ލޭއައުޓް ބަދަލު ނުކުރެވޭނެއެވެ.
- އިމާރާތްކުރުމަށް ގޯތި ކައުންސިލާއި ޙަވާލުކުރުމަށްފަހު، މަސައްކަތް ނިމި ގެތައް ޙަވާލުކުރުމުގެ ކުރިން ގޯތީގެ ވެރިފަރާތުން އެ ގޯތީގައި އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެއެވެ.
- ގޯތީގައި އިމާރާތްކުރުމަށް ގޯތި ކައުންސިލާއި ޙަވާލުކުރުމަށްފަހު، ގޯތީގެ ވެރިފަރާތުންވެސް ގޯޗަށް ވަންނަން ވާނީ ކައުންސިލްއަށް ދަންނަވައި،ކޮންޓްރެކްޓަރުގެ ހުއްދަ ލިބިގެންނެވެ.
- އިމާރާތްކުރުމުގެ މަސައްކަތް ފަށާފަހުން ގޯތީގެ ވެރިފަރާތުން މަސައްކަތް ހުއްޓާލަން ބޭނުންވެ، އެ މަސައްކަތް ހުއްޓާލަން ޖެހިއްޖެނަމަ އެއްބަސްވުމާއި އެއްގޮތަށް ބަރާބަރަށް ފައިސާ ދައްކަން ވާނެއެވެ.
- އިމާރާތްކުރުމަށް ހަވާލުކުރާ ބިން ހާވާލުކުރަންވާނީ އިމާރާތްކުރެވޭ މިންވަރަށް އެ ބިން ސާފުކުރުމަށްފަހުއެވެ.
ވީމާ، ދިރިއުޅުމަށްޓަކައި މިރަށުން ދޫކުރެވިފައިވާ ގޯތިތަކުގައި ހައުސިންގ ޔުނިޓް އިމާރާތްކުރަން އެދޭ ފަރާތްތަކުން 20 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލްގެ އިދާރާއަށް ގޯތީގައި އިމާރާތްކުރަން ބޭނުންވާ ކަމުގެ ސިޓީއަކާއި އައިޑީ ކާޑުގެ ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވެލައްވާނަމަ 6480081، 6480035، އަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ޝުކުރިއްޔާ.
20 ޛުލްޙިއްޖާ 1440
21 އޮގަސްޓް 2019