ދިވެހިރާއްޖެ
ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ލ. ފޮނަދޫގައި ޢިމާރާތްކޮށްފައިވާ 50 ގޭގެ ތެރެއިން ބާކީހުރި 27 ގެއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ލިސްޓް ޢާންމުކޮށް އިޢުލާނުކުރީމެވެ.
ވީމާ، ޕޮއިންޓް ލިބިފައިވާ ގޮތާއިމެދު ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން2019 ސެޕްޓެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން "ފޮނަދޫގައި ޢިމާރާތްކޮށްފައިހުރި 50 ގޭގެ ތެރެއިން ބާކީ ހުރި 27 ގެއަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް" ފުރިހަމަކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ގެތައް ލިބޭ ފަރާތްތަކުގެ ލިސްޓް އިޢުލާނުކުރެވޭނީ ހުށަހެޅޭ ޝަކުވާތަކާއިގުޅިގެން ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ އެއުނިއިތުރެއް ގެނައުމަށްފަހުގައެވެ.
ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުލީސްޓް: http://laamu.gov.mv/wp-content/uploads/2019/08/Point-List.pdf
ޝަކުވާ ހުށަހަޅާ ފޯމް: http://laamu.gov.mv/wp-content/uploads/2019/08/27-Ge-Shakuvaa-Form.pdf