އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
ޢަރަބިއްޔާ ފެއަރ- 2019 ގެ ސްޓޯލްތައް ކުއްޔަށް ދިނުން

1. ޢަރަބިއްޔާ ފެއަރ - 2019 ގެ ސްޓޯލްތައް ކުއްޔަށް ނެގުމަށް ރެޖިސްޓްރީ ކުރުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. ސްޓޯލެއްގެ އަގަކީ 2700.00(ދެހާސް ހަތްސަތޭކަ) ރުފިޔާއެވެ.

2. ސްޓޯލު ނެންގެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2019 އޯގަސްޓް 21 އިން 2019  އޯގަސްޓް 27 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 14.00 އަށް މިސްކޫލަށް ވަޑައިގެން އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ފައިސާ ދައްކަވަންވާނެއެވެ.

3. މި ފެއަރ އޮންނާނީ 30 އޯގަސްޓް 2019 އިން 4 ސެޕްޓެންބަރު 2019 ށް (6 ދުވަހު) ހަވީރު 4.00 ން ރޭގަނޑު 11.00 ށް އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގައެވެ.

4. ނަންގަވާ ސްޓޯލުގައި އިމްޕޯރޓު މުދާ ވިއްކާނަމަ، މޭޒު ހިފާފަރާތަކީ އިކޮނޮމިކް މިނިސްޓްރީ އިން ދޫކުރާ އިމްޕޯރޓު މުދާ ވިއްކުމުގެ ލައިސަންސް އޮތް ފަރާތަކަށް ވާންވާނެއެވެ.

5. ސްޓޯލްތައް ހުންނާނީ މި މަދަރުސާ ހޯލާއި ކޮމްޕައުންޑާއި ސެން ކްލާސްރޫމްގެ އިިތުރުން ފަސްޓް އަދި ސެކަންޑް ފްލޯރގައެވެ. ސްޓޯލެއްގެ ސައިޒަކީ 9 ފޫޓު 7 ފޫޓެވެ.

6. ދޫކުރުމަށް ހަމަޖެހިފައި ވަނީ 50 ސްޓޯލެވެ. ސްޓޯލްތައް ދޫކުރެވޭނީ ފޯމު ހުށައަޅާ ތަރުތީބުންނެވެ.

7. ޢަރަބިއްޔާ ފެއަރއާބެހޭ އިތުރު މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 2019 އޯގަސްޓް 28 ވާ ބުދަ ދުވަހުގެ 11:00 ގައި މި މަދަރުސާގެ މީޓިންގރޫމްގައެވެ.

8. އެޕްލިކޭޝަން ފޯމު މި އިއުލާނާއެކު އެޓޭޗު ކުރެވިފައިވާނެއެވެ. އަދި ސްކޫލުގެ ކައުންޓަރުންވެސް އެޕްލިކޭޝަން ފޯމު ލިބެން ހުންނާނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3323627

އީ-މެއިލް: [email protected]

 

                                 20 ޛުލްޤައިދާ    1440

21 އޮގަސްޓް 2019
ހޯދާ