މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް ޕިކަޕެއް ގަންނަން ބޭނުނެވެއްޖެ

މިކައުންސިލް އިދާރާއަށް، 2 ޓަނުގެ ޕިކަޕެއް ގަތުމަށް ކުރެވުނު މިއިދާރާގެ ނަމްބަރު: (26.06.2019) (IUL)330-B/330/2018/32 އިޢުލާނާޢި ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާނު ބާތިލުކޮށް އަލުން، މިއިދާރާއަށް 2 ޓަނުގެ ޕިކަޕެއް ވިއްކުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.

 

ވީމާ، ޕިކަޕް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 29 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ. ޕިކަޕް ވިއްކުމަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އެސްޓިމޭޓް ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ. 

 

21 އޮގަސްޓް 2019

21 އޮގަސްޓް 2019
ހޯދާ