މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މި މިނިސްޓްރީ އާއި ރީޖަނަލް އެއަރޕޯޓްސް އަދި މޯލްޑިސް ޓްރާންސްޕޯޓް އޮތޯރިޓީ ހިންގުމަށް އޮފީސް އިމާރާތެއް ހޯދުން

މި މިނިސްޓްރީ އާއި ރީޖަނަލް އެއަރޕޯޓްސް އަދި މޯލްޑިސް ޓްރާންސްޕޯޓް އޮތޯރިޓީ ހިންގުމަށް އެކަށީގެންވާ، 6000 އާއި 8000 ދެމެދު ގެ އަކަފޫޓް ހިމެނޭ ޢިމާރާތެއް ކުއްޔަށް ހިފުމަށް ކުރެވުނު ޢިއުލާން (ނަންބަރު: (IUL)472/1/2019/7) ) 22 ޖުލައި 2019) އަށް އެއްވެސް ފަރާތަކުން ހާޒިރުވެފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން ޢިއުލާން ކުރަމެވެ.

ވީމާ، މިފަދަ އިމާރާތެއް ކުއްޔަށްދޫކުރެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 27 އޮގަސްޓް 2019 ވާ އަންގާރަ ދުވަހު 13:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ( ވެލާނާގެ 11 ވަނަ ފަންގިފިލާ ) އަށްވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 04 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހު 13:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ( ވެލާނާގެ 11 ވަނަ ފަންގިފިލާ ) އަށްވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުށްވުން އެދެމެވެ. މި އިއުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި ބިޑް ހުށަހަޅާ ފޯމް މި އިއުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މައޫލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ މަސައްކަތު ގަޑީގައި) 3310102 ނަންބަރު ފޯނާއެވެ.

20 އޮގަސްޓް 2019
ހޯދާ