ދިވެހިރާއްޖެ
އިޢުލާން
ތަޢާރަފު
ރާއްޖޭގެ ރަށްތަކަށް ކުރިމަތިވެފައިވާ ކުނިމެނޭޖް ކުރުމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް އެހީތެރިވުމަށް މި މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކ.މާފުށީގައި ވޭސްޓް މެނެޖްމަންޓް ސެންޓަރެއް ޤާއިމް ކުރުމާއި އިންސިނަރޭޓަރެއް ބެހެއްޓުމުގެ ކުރިން، ތައްޔާރުކުމަށް ހަމަޖެހިފައިވާ އެންވަޔަރަމަންޓް އެންޑް ސޯޝަލް އިމްޕެކްޓް އެސެސްމަންޓް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމާއި ގުޅޭގޮތުން ކުރެވޭ ދެވަނަ އިޢުލާނެކެވެ.
ފޯރުކޮށްދޭންޖެހޭ ޙިދުމަތްތަކާއި ހުށަހަޅަންވީ ތަކެތީގެ ތަފްސީލު
ތިލަފުށީގައި ބެހެއްޓިފައިހުރި 4 ޓަނުގެ އިންސިނަރޭޓަރެއް ކ މާފުށި ކުނި މެނޭޖުކުރާ މަރުކަޒަށް ގެންދިއުމާއި، އިންސިނަރޭޓަރ ބަހައްޓާނެ ޝެޑް ހެދުމާއި އިންސްޓޯލްކުރުމުގެ މަސައްކަތުގައާއި އެރަށުގައި ވޭސްޓް މެނެޖްމަންޓް ސެންޓަރެއް ޤާއިމް ކުރެވޭއިރު އެންވަޔަރަމަންޓް އެންޑް ސޯޝަލް އިމްޕެކްޓް އެސެސްމަންޓެއް ތައްޔާރުކުރާއިރު ބަލަންޖެހޭނެ ކަންތައްތަކާއި، ޓަރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް ކަމަށްވާ www.environment.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިއުމަންޓް ޔުނިޓް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ތިލަފުށީގައި ބެހެއްޓިފައިހުރި 4 ޓަނުގެ އިންސިނަރޭޓަރެއް ކ މާފުށި ކުނި މެނޭޖުކުރާ މަރުކަޒަށް ގެންދިއުމާއި، އިންސްޓޯލްކޮށްދިނުމުގެ މަސައްކަތާއި ވޭސްޓް މެނެޖްމަންޓް ސެންޓަރެއް ގާއިމް ކުރެވޭއިރު އެންވަޔަރަމަންޓް އެންޑް ސޯޝަލް އިމްޕެކްޓް އެސެސްމަންޓެއް ތައްޔާރުކުރުމާއި ބެހޭ އިޢުލާނު ނަންބަރު: (IUL)438-WMPC/438/2019/217
މަޢުލޫމާތު ސާފުކުރުން
މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ 19 އޯގަސްޓް 2019 އިން 25 އޯގަސްޓް 2019 އާއި ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ [email protected] އަދި [email protected] އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 28 އޯގަސްޓް 2019 ވާ ބުދަ ދުވަހުގެ މެނދުރު 13:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގައި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 28 އޯގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ މެނދުރު 13:30 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށް ލިބިގެންވެއެވެ.
- ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، ބީލަން ފޮތުގައި ދެވިފައިވާ މައުލޫމާތުގެ މިންގަނޑުތަކަށެވެ.
ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
ފޯނު: 3018300 960+ ، ފެކްސް: 3018301 960+
އީމެއިލް: [email protected] ވެބްސައިޓް: www.environment.gov.mv
