ދިވެހިރާއްޖެ
އިޢުލާން
ޤުރުއާން ކިޔެވުމުގެ 33 ވަނަ ގައުމީ މުބާރާތުގެ ކެއުމާއި ސައިގެ ކަންތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް
ޤުރްއާން ކިޔެވުމުގެ 33 ވަނަ ގައުމީ މުބާރާތުގެ މަސައްކަތް ހިނގަމުންދާއިރު ކެއުމާއި ސައިގެ ކަންތައް ހަމަޖައްސައިދޭނެ ފަރާތެއް ބޭނުންވެގެން، 07 އޮގަސްޓު 2019 ގައި ކޮށްފައިވާ ނަންބަރު: (IUL)160-A-1/2019/42 އިޢުލާނާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވީ 2 ފަރާތަކުން ކަމަށްވާތީ އެކަންކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 21 އޮގަސްޓް 2019 ވާ ބުދަ ދުވަހުގެ 11:00 އަށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހާޒިރުވެ ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަޢުލޫމާތު ދޭ ދުވަހު ހާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެއެވެ.
އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 27 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުގެ 10:00 ގައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ގައެވެ.