ދިވެހިރާއްޖެ
މި އިޢުލާންވަނީ 19 އޮގަސްޓް 2019 11:20 ގައި ބާތިލް ކުރެވިފައެވެ.
މިއޮފީހަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް 13 މޭ 2019 ގައި ކުރެވުނު ނަންބަރު (IUL)7-ADMN/1/2019/33 އިޢުލާނާއި ގުޅިގެން ޝަރުތުހަމަވާ އެއްވެސް ފަރާތެއް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީވެ އެ އިޢުލާން ބާޠިލުކޮށް، މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ތިންވަނަ ފަހަރަށް ހުޅުވާލަމެވެ.
ޢަދަދު |
އައިޓަމް |
6 |
ހާރޑް ޑިސްކް |
މި ބިޑާއި ބެހޭ އިތުރު މަޢުލޫމާތާއި ޕޮއިންޓުދޭނެ އުޞޫލު ތިރީގައި މިވާ މި އޮފީހުގެ ވެބްސައިޓުގެ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 26 އޯގަސްޓް 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ދެވެން ނެތްވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ.