ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވ.އަތޮޅު ކައުންސިލްގެ "ކަށަވަރު" ދޯނި ސިޓީލާ ނީނަމުގައި ވިއްކާލުން

މި އަތޮޅު އަތޮޅު ކައުންސިލްގެ "ކަށަވަރު" ދޯނި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއްޖެ އެވެ.

މި ނީލަން ކުރިއަށްދާނީ، 2019 އޮގަސްޓް 19 އިން 2019 ސެޕްޓެމްބަރ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި، މި މުއްދަތުގައި ޖެހިޖެހިގެން 5 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެ އަގެއް ހުށަހެޅުއްވި ފަރާތަށް ނީލަން ނިންމާލެވޭނެއެވެ.

"ކަށަވަރު" ދޯނި  ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން، ރަސްމީ ގަޑީގައި މި އިދާރާއަށް ވަޑައިގަތުމުން އެ އިންތިޒާމު ހަމަޖެހޭނެ އެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ނަމަ، މި އިދާރާގެ ނަންބަރު؛ 6700502 ފޯނާ ގުޅުމުން ލިބިވަޑައިގަންނަވާނެ އެވެ.

ވީމާ، މި ދޯނި ނީލަމުން ނަންގަވަން ޝައުޤްވެރިވެ ވަޑައިގަންނަވާ ބޭފުޅުން، 2019 އޯގަސްޓް 19 ވަނަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ 14:00ގެ ކުރިން އަގު ހުށަހަޅުއްވުން އެދެމެވެ. ނީލަމަށް ހުށަހެޅޭ އަގުތައް، މި އިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓޭނެ އެވެ.

މި ނީލަމަށް އަގު ހުށަހެޅުއްވުމަށް ފޮނުއްވާ ސިޓީގައި އަގު ހުށަހަޅުއްވާ ފަރާތުގެ ނަމާއި، އެޑްރެހާއި، އައި.ޑީ ކާޑު ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު ބަޔާންކުރައްވަންވާނެ އެވެ. އީ-މެއިލްގެ ޒަރީޢާއިން އަގު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ސިޓީ ފޮނުއްވާނީ، [email protected] އަށެވެ.

ބާވަތް

ޢަދަދު

ފެށޭއަގު

މަދުވެގެން ފަހަރަކު އިތުރުކުރެވޭ އަދަދު

މުދަލައި ފަސިންޖަރުން އުފުލޭގޮތަށް ތައްޔާރު ކުރެވިފައިވާ ވ. އަތޮޅު"ކަށަވަރު" ދޯނި

ރަޖިސްޓްރީ ނަންބަރ: G4986A-04(03-J)

1

-/300000 ރުފިޔާ

-/15000ރުފިޔާ

18 އޯގަސްޓް 2019

 

18 އޮގަސްޓް 2019
ހޯދާ