ނ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ނ.އަތޮޅު މަދަރުސާ

ނ.މަނަދޫ

ދިވެހިރާއްޖެ

                                               

  ނަންބަރު: 2019/26/GS35

ޢިޢުލާނު

                  މިސްކޫލަށް މަސައްކަތު މީހަކު ހޯދުމަށްކުރެވުނު މިސްކޫލްގެ ނަންބަރު 2019/21/GS35 އިޢުލާނުގައި މައްސަލަތަކެއް ހުރުމާއެކު އެ އިޢުލާނު ބާތިލުކޮށް އަލުން އެމަގާމަށް މުވައްޒަފަކު ހޯދުމަށް ފުރުޞަތުހުޅުވާލަމެވެ.

 

 

މަޤާމް:

މަސައްކަތު

މަޤާމް ނަންބަރު:

J-132781

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމްގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް 1

މަޤާމްގެ ކުލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނ.އަތޮޅު މަދަރުސާ / ނ.މަނަދޫ

މަޤާމުގެ އަސާސީ މުސާރަ:

މަހަކު  -/3100 ރުފިޔާ

ސާވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

އެހެނިހެން އެލަވަންސް

1-     ސަޕޯރޓިންގ ކޯއެލަވަންސް މަހަކު -/1200 ރުފިޔާ.

2-     ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

3-     ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނުނުގެ ދަށުން ލބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

4-     ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް :

 

1-     ސްކޫލްގެ ކްލާސްރޫމްތަކާއި، ސްޓާފްރޫމް، ސުޕަވައިޒަރސް ރޫމް، ރިސޯސް ރޫމް، ލައިބްރަރީ، ކޮމްޕިއުޓަރ ލެބް އަދި އެހެނިހެން ޢިމާރާތްތަކުގެ ތެރެއިން އެތަނެއް ސާފުކޮށް ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ ތަންތަން މަދުވެގެން ދުވާލަކު އެއް ެފަހަރުު ކުނިކަހާ، ސާފުކޮށް ބެލެހެއްޓުމާ، ތަށިމުށި ޖަހާފައިވާ ކުލާސްތަކާ، އެހެނިހެން ތަންތަންހަފުތާއަކު2 ފަހަރު މޮޕްކުރުން.

2-     ސާފުކޮށް ބަލަހައްޓަން ހަވާލުކުރެވިފައިވާ ތަންތަނުގެ ދޮރުތަކާއި ކުޑަދޮރުތަކާއި ދޮރުފަތްތަކުގެ އިތުރުން ފަންކާތަކާއި ހޮޅިބުރިފަދަ ތަކެތީގެ ހިރަފުސް ފޮޅާސާފުކުރުން. (މަދުވެގެން ހަފްތާއަކު އެއްދުވަހު)

3-     އޮފީހުން އަންގާ އިތުރުގަޑީގެ މަސައްކަތަށާއި، ޑިޔުޓީއަށް ޤަވާޢިދުން ޙާޟިރުވުން.

4-     ޖަލްސާތާކާ، ބައްދަލުވުންތަކަށް ހޯލްރާވާ، އިންތިޒާމުކުރުން.

5-     ސެޝަނުގައި މަސައްކަތްކުރާ މަސައްކަތު މީހަކު ޙާޟިރުނުވާ ދުވަހެއްގައި އެމުވައްޒަފަކާއި ޙަވާލުކުރެވިފައިވާ މަސްޢޫލިއްޔަތުގެ ތެރޭގައި ހިމެނޭ ، ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަމެއް ޙަވާލު ކުރެވިއްޖެނަމަ، މަސައްކަތް ސުޕަވައިޒްކޮށް ބަލަހައްޓާ ފަރާތުން އަންގާ ގޮތެއްގެ މަތިންކުރުން.

6-     ސްޓާފް ރޫމާއި، އޮފީހުގެ ފެންކޫލަރުގައި ފެން ހުރިތޯބަލާ ފެންއަޅާ ބެލެހެއްޓުން.

7-     ސުކޫލުން ބާއްވާ އެންމެހާ ޙަފްލާތަކުގައި ސްކޫލުން އެހީތެރިކަމަށް އެދިފިނަމަ އެހީތެރިވެދިނުން.

8-     ޑިއުޓީގައި ހުންނަސެޝަނުގައި މަސައްކަތް ކުރައްވާ ޓީޗަރުންނާއި ސުޕަވައިޒަރުން އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި، މަސައްކަތު މީހެއްގެ އެހީއަށް ބޭނުންވާ ވަގުތުގައި އެފަރާތްތަކަށް އެހީތެރިވެ އެއްބާރުލުން ދިނުން. ޚާއްސަކޮށް ދަރިވަރުންނާއިގުޅޭ ކަންތައްތަކުގައި ޚާއްސަ ސަމާލުކަމެއް ދިނުން.

9-     ކުނިކަހާ ކުލާސްރޫމްތަކުގެ ދޮރުތައް ތަންޑުއަޅުވާ، ހޮޅިބުރިތަކާ ފަންކާތައް ނިވާލުން.

10- ސްކޫލްގެ ދަރިވަރުންގެ ފާޚާނާތަކާއި މުވައްޒަފުންގެ ފާޚާނަގެ ތެރެއިން ސާފުކޮށް ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ ފާޚާނާތައް ދުވާލަކު މަދުވެގެން 4 ފަހަރު ސާފުކުށް ބެލެހެއްޓުން.

11- ސްކޫލްގެއިމާރާތްތަކުގެ ފުރާޅުތަކާއި ދިޔަދޮވިތަކާއި ފެންނަގަންބޭނުންކުރާ ވަޅުތަކާއި ބޯފެންރައްކާކުރާތާނގީތައްް ސާފުކޮށްބެލެހެއްޓުމާއި ހަވާލުކުރެވިއްޖެނަމަ، މަސައްކަތް ސުޕަވައިޒްކޮށް ބަލަހައްޓާފަރާތުން ކަނޑައަޅާ މިންވަރަށް ސާފުކޮށް ބަލަހައްޓަންވާނެއެވެ.

12- ސްކޫލްގެ ބަގީއްޗާއަށް ފެންދީ ،ކޮށާ ބެލެހެއްޓުން.

13- ސްކޫލްގެ ގޯތިތެރޭގައި ހުންނަ ރުއްގަސްތައް ކޮށާ ސާފުކޮށް ބެލެހެއްޓުމާއި މަސައްކަތް ސުޕައިޒްކުރާފަރާތުން ކަނޑައަޅާ މިންވަރަށް ސާފުކޮށް ބަލަހައްޓަންވާނެއެވެ.

14- ސާފުކުރުމަށް ހަވާލުކުރެވޭ ތަންތަން، މަސައްކަތް ސުޕައިޒްކުރާފަރާތުން ކަނޑައަޅާ މިންވަރަށް ރަނގަޅަށް ސާފުކުރުން.

15- ނިންމަންޖެހޭ މަސައްކަތްތައް ނިންމުމުގައި މަސައްކަތް ސުޕަވައިޒް ކުރުމަށް ހަވާލުކުރެވިފައިވާ ފަރާތުގެ އިރުޝާދު ހޯދުން. އަދި ޙަވާލުކުރެވޭ މަސައްކަތް ލަސްނުކޮށް  އަންގާ މުއްދަތަށް/ވަގުތަށް ނިންމުން.

މާޤާމުގެ ޝަރުތުތައް

  ލިޔަންކިޔަންއެގުން  ( ލިޔަންކިޔަންއެގޭކަން ދެނެގަންނާނީ ދަށްވެގެން ސްކޫލް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ ) 

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް. ( މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މަދަރުސާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. )

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

3- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ،މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ

   ލިޔުންތައްފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4- ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ

   މަޤާމަށް ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ

   އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

   (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވަލް ކަނޑައަޅާފައިވާ،ރާއްޖެއިން ބޭރުގެ މަތީ

      ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ

      ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެ

      ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

   (ށ) މަތީ ތަޢުލީމު ދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ

   ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6  - ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7  - ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ

  ސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

  (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ، އަދާކޮށްފައި

     ވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ  އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ،

   ވަޒިފާ އަދާކުރި މުއްދަތާއި، ވަޒިފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ

   އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒިފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.   

     

މީހުން ހޮވުމުގައިބާލާނެ ކަންތައްތައް

1- ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2- މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3- ޤާބިލްކަން ބެލުމުގެ ގޮތުން އިންޓަރވިއު ކޮށްގެން.

 

ވަޒީފާއަށް އެދެންވީ ގޮތާއި ސުންގަޑި

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުގެ 14.00 ކުރިން ނ.އަތޮޅު މަދަރުސާއަށެވެ. ވަޒީފާއަށް އެދޭފޯމާއި، ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަން ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ފޯމް ބާޠިލް ކުރެވޭނެއެވެ.   

ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭފޯރމް ރަސްމީގަޑީގައި ނ.އަތޮޅު މަދަރުސާގެ  އޮފީހުން ލިބެން ހުންނާނެއެވެ. އަދި  ސިވިލްސާރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

 

ވަޒީފާގެ އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 27 އޮގަސްޓް 2019 އިން 05 ސެޕްޓެމްބަރ2019  އާދެމެދު ނ.އަތޮޅު މަދަރުސާގައި އެވެ.  

 

ޝޯޓް ލިސްޓްކުރުން

 މިވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.   

އިތުރު މަޢުލޫމާތު

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ : 6560003 އަށެވެ. އީ.މޭއިލް ކުރާނީ [email protected] އަށެވެ.   

     

 

 

      17 ޒުލްހައްޖު   1440          

                              18 އޮގަސްޓް   2019

18 އޮގަސްޓް 2019
ހޯދާ