ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް 3 ލެޕްޓޮޕް ގަތުމަށް ބޭނުންވެއްޖެ. (2 ވަނަފަހަރަށް ކުރެވޭ އިޢުލާނު)

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން ދޭ ސްޕެސިފިކޭޝަނާއި އެއްގޮތަށް 3 (ތިނެއް) ލެޕްޓޮޕް ގަތުމަށް ބޭނުންވެގެން މިއިދާރާއިންކުރި ނަންބަރު:54 (IUL)231-ED/231/2019/ ( 21 ޖުލައި 2019) އިޢުލާނާ ގުޅިގެން ބިޑުހުށަހަޅުމަށް ޙަޟިރުވެލެއްވި 2 ފަރާތުން ބިޑު ހުށަހަޅާފައިނުވާތީ، މި އިދާރާއިން ދޭ ސްޕެސިފިކޭޝަނާއި އެއްގޮތަށް 3 (ތިނެއް) ލެޕްޓޮޕް ގަތުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން  އެފުރުޞަތު ހުޅުވާލަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން

މަޢުލޫމާތު ކަރުދާސް ޅ. އަތޮޅު ކައުންސިލްގެ އިދާރާގެ ވެބްސައިޓުން (www.lhaviyani.gov.mv) ޑައުންލޯޑްކުރެވެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހެޅުމާއި ހުޅުވުން އޮންނާނީ 29 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

 

 

އިތުރު މަޢުލޫމާތު:

އިންފްރާ ސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓް

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ

ޅ. ނައިފަރު، ދިވެހިރާއްޖެ،

ފޯން: 6620331 ނުވަތަ 6620108 | މޯބައިލް: 7610168

ފެކްސް: 6620043                                                                                

އީމެއިލް: [email protected]

18 އޮގަސްޓް 2019
ހޯދާ