ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ވޮލަންޓިއަރުން ހޯދުން

ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ދާއިމީ ސަބް ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ވޮލަންޓިއަރުން ހޯދުމާގުޅޭ

 

ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ލައިސެންސިންގ ކޮމިޓީއާއި، އެތިކްސް ކޮމިޓީއާއި، އިސްތިއުނާފް ކޮމިޓީއާއި، ޤާނޫނީ ތަޢުލީމު ކޮމިޓީއާއި، ލޯ ރިފޯމް އެންޑް ރިސަރޗް ކޮމިޓީ އެކުލަވާލުމުގެ ކުރިން ކުރަންޖެހޭ މަސައްކަތް ކުރުމަށްޓަކައި ވަރކިންގް ގްރޫޕްތަކެއް އެކުލަވާލުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ނިންމާ، މި ވަރކިންގ ގްރޫޕްތަކުގައި ހިލޭސާބަހަށް މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިކަން ހުރި ޤާނޫނީ ވަކީލުންނަށް، އެފުރުޞަތު ހުޅުވާލަމެވެ.

ވަރކިންގ ގްރޫޕްތަކުގެ މަސައްކަތް:    ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މަޝްވަރާއާ ލަފަޔާއެކު، ދާއިމީ ސަބް ކޮމިޓީތަކުގެ މެންޑޭޓާއި، އިޖްރާއަތްތަކާއި، ދާއިމީ ސަބް ކޮމިޓީތަކަށް މެންބަރުން ޢައްޔަންކުރުމާއި އެކޮމިޓީތަކުން މެންބަރުން ވަކިކުރުމުގައި ޢަމަލުކުރާނެގޮތާއި، ދާއިމީ ސަބް ކޮމިޓީތަކުގެ މެންބަރުންނަށް ކަމާބެހޭ އުޞޫލުތަކާއި އެއްގޮތަށް އުޖޫރަދެވޭނެ އުސޫލު އެކުލަވާލުން.

ދާއިމީ ސަބް ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް އެކުލަވާލާ ކޮންމެ ވަރކިންގ ގްރޫޕެއްގައި ހިމެނޭނީ މަދުވެގެން 3 ޤާނޫނީ ވަކީލުންނެވެ. ވަރކިންގ ގްރޫޕްތަކުގައި މަސައްކަތް ކޮށްދެއްވުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ދާއިމީ ސަބް ކޮމިޓީތަކުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ވަކީލުންނަށް އިސްކަންދެވޭނެއެވެ.

ވަރކިންގ ގްރޫޕްތަކުގައި މަސައްކަތްކުރައްވަން އެދިވަޑައިގަންނަވާ ޤާނޫނީ ވަކީލުން، 20 އޯގަސްޓް 2019 ގެ 14:00 ގެ ކުރިން، އަންނަނިވި މަޢުލޫމާތު ހުށަހެޅުއްވުން އެދެމެވެ.

1.             ފުރިހަމަކޮށްފައިވާ "ވަރކިންގ ގްރޫޕްގައި މަސައްކަތްކުރުމަށް އެދޭ ފޯމު"؛

2.             ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ؛ އަދި

3.             ވަނަވަރު.

މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިކަން ހުރި ޤާނޫނީ ވަކީލުންގެ ހުށަހެޅުންތައް ފޮނުއްވާނީ ބައު ޖަމާލުއްދީނުގައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ވަގުތީ އޮފީހަށް ނުވަތަ ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ [email protected] އީމެއިލަށް ނުވަތަ ތިރީގައި ބަޔާންކޮށްފައިވާ ލިނކް މެދުވެރިކޮށެވެ.

https://docs.google.com/forms/d/e/1FAIpQLSfVzwvk1vJ66IrAch-W56LpH69btvhAGOUep2L6Sglf4tdKSQ/viewform?usp=sf_link

 

­­­­­­­­__________________

 

 

 

 

 

 

 

 

                                                                                                                    

 

 

08 އޮގަސްޓް 2019
ހޯދާ