ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކޮންސަލްޓަންޓެއް ހޯދުމާބެހޭ

މި ކޯޕަރޭޝަންގެ އައި.ޓީ ކޮންސަލްޓަންސީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުގައި މި ކޯޕަރޭޝަން (8B، ހ. އޯކިޑް، އަމީރުއަޙްމަދު މަގު، ކ.މާލެ، 20095) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ތާރީޚް

ގަޑި

ބިޑް ރެޖިސްޓްރޭޝަން

20 އޯގަސްޓް 2019

11:00 ގެ ކުރިން

ޕްރީ ބިޑް މީޓިންގ އަދި މަޢުލޫމާތު ކަރުދާސް ދޫކުރުން

20 އޯގަސްޓް 2019

11:00

ބިޑް ހުށަހެޅުން

26 އޯގަސްޓް 2019

11:00

 

އަންދާސީ ހިސާބު ހުށަހެޅުއްވުމާ ގުޅޭ:

-        ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.

-        މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.

-        ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކު މި ކުންފުނީގެ ހެޑް އޮފީސް (8B، ހ. އޯކިޑް، އަމީރުއަޙްމަދު މަގު، ކ.މާލެ) ގައެވެ.

 

މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ދުވަސްތަކުގައި 08:00 – 16:00 ދެމެދު މި ކޯޕަރޭޝަނަށް 3313244 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

 

08 އޮގަސްޓް 2019
ހޯދާ