ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ލެބޯޓްރީގެ ޙިދުމަތް ލިބެންނެތް ރަށްރަށުން ލެބޯޓްރީހުރި ރަށްރަށަށް ސާމްޕަލް ގެންގޮސްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 09 ސެޕްޓެންބަރު 2019 15:22 ގައި ބާތިލް ކުރެވިފައެވެ.


 

ޢިއުލާން

 

ލެބޯޓްރީގެ ޚިދުމަތް ލިބެންނެތް ރަށްރަށުން ލެބޯޓްރީހުރި، ރަށްރަށަށް ސާމްޕަލް ގެންގޮސްދޭނެ ފަރާތެއް ހޯދުން

 

މިއަތޮޅުގެ ރަށްތަކުގެ ސިއްޙީމަރުކަޒުތަކުގެ ތެރެއިން ލެބޯޓަރީގެ ޙިދުމަތް މިވަގުތު ލިބެންނެތް މަރުކަޒުތަކުންނަގާ ސާމްޕަލް، ސާމްޕަލްނެގި މަރުކަޒާއި އެންމެ ގާތުން ޙިދުމަތް ލިބެންހުރި މަރުކަޒަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ސާމްޕަލް ގެންދިއުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތަފްސީލް ތިރީގައި އެވަނީއެވެ.

Ø      ލ. ދަނބިދޫ ސިއްޙީމަރުކަޒުން ލ. މާބައިދޫ ސިއްޙީމަރުކަޒަށް ސާމްޕަލް ގެންދިއުމާއި އަނބުރާ ގެނައުން.

Ø      ލ. މުންޑޫ ސިއްޙީމަރުކަޒުން ލ. މާބައިދޫ ސިއްޙީމަރުކަޒަށް ސާމްޕަލް ގެންދިއުމާއި އަނބުރާ ގެނައުން.

Ø      ލ. މާމެންދޫ ސިއްޙީމަރުކަޒުން ލ. ހިތަދޫ ސިއްޙީމަރުކަޒަށް ސާމްޕަލް ގެންދިއުމާއި އަނބުރާ ގެނައުން.

Ø      ލ. ކުނަހަންދޫ ސިއްޙީމަރުކަޒުން ލ. ހިތަދޫ ސިއްޙީމަރުކަޒަށް ސާމްޕަލް ގެންދިއުމާއި އަނބުރާ ގެނައުން.

Ø      ހުކުރުދުވަސް ފިޔަވާ ކޮންމެދުވަހަކުވެސް އެއްފަހަރު ސާމްޕަލް ގެންގޮސްދޭން ޖެހޭނެއެވެ.

Ø      ހުކުރުދުވަހު ނުވަތަ ބަންދު ދުވަހެއްގައި ސާމްޕަލް ގެންދަން މަރުކަޒުން އެދިއްޖެނަމަ 1 ގަޑިއިރުތެރޭ ކަނޑައެޅިފައިވާ ރަށަށް ސާމްޕަލް ގެންގޮސްދޭން ޖެހޭނެއެވެ.

Ø      ސާމްޕަލް ކެރިއަރ ހަވާލްކުރާތާ 4 ގަޑިއިރުތެރޭގައި އަނބުރާ ހުސްކެރިއަރު އެމަރުކަޒަކަށް ހަވާލުކުރަންވާނެއެވެ.

Ø      އުޅަނދަށް އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ކަނޑައެޅިފައިވާ ވަގުތައް ސާމްޕަލް ކެރިއަރ ރައްކާތެރިކަމާއެކު ކަނޑައެޅިފައިވާ މަރުކަޒަކަށް ގެންދިއުމަކީ މަސައްކަތާ ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.

Ø      އުޅަނދަށް މައްސަލައެއް ދިމާވެގެން ދަތުރު ނުކުރުރެވުނުނަމަވެސް ސާމްޕަލް ފޮނުވުމާއި ހުސްކެރިއަރު ގެނައުމަކީ މަސައްކަތާ ހަވާލުވިފަރާތުގެ ޒިންމާއެކެވެ.

Ø      މި މަސައްކަތް ހަވާލުކުރެވޭނީ 6މަސް ދުވަހުގެ މުއްދަތަށެވެ.

 

ވީމާ، މިކަމަށް ސައުގުވެރިވެލައްވާ ފަރާތްތަކުން 25 އޮގަސްޓް 2019 (އާދީއްތަ) ދުވަހުގެ 14:00 ގެ ކުރީން މި ހޮސްޕިޓަލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިހޮސްޕިޓަލުގެ ނަންބަރު  6800096 އަށެވެ.

08 އޯގަސްޓް 2019

08 އޮގަސްޓް 2019
ހޯދާ