ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

ލެކްރެޑް ސްޓޭޖް 2 ގެ ދަށުން ލ. ފޮނަދޫގައި ޤާއިމް ކުރަމުންދާ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

ވީމާ، މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި  މިމަސައްކަތް ކޮށްދިނުމަށް ސައުގުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޢުލޫމާތު ސާފުކުރުން

18 އޯގަސްޓް 2019 (އާދީއްތަ) ދުވަހުގެ 13:00 ގައި ލ. ފޮނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި މި ބީލަމާގުޅޭ މަޢޫލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނެއެވެ.

 

 

ބީލަން ހުށަހެޅުން

ބީލަން ހުށަހަޅާނީ 25 އޯގަސްޓް 2019 (އާދީއްތަ) ދުވަހުގެ 13:00 ގައި ލ. ފޮނަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި އޮންނަ ބީލަން ބައްދަލުވުމުގައެވެ.

ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަންތަކާއި  ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.         

 

އިތުރު މަޢުލޫމާތު

މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯނު: 6800082

އީމެއިލް: [email protected]

07 އޮގަސްޓް 2019
ހޯދާ