ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"Ismailia International Festival for Culture and Arts, Session Twenty" ގައި ބައިވެރިވުމުގެ ފުރުޞަތު

މިޞްރުގެ މިނިސްޓްރީ އޮފް ކަލްޗަރ އެންޑް އާޓްސް އިން އިންތިޒާމް ކުރައްވައިގެން 2019 ސެޕްޓެމްބަރ 1 ން 9 ށް އިޖީޕްޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުރުހީގައި ދަންނަވާފައިވާ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ވަނީ ލިބިފައެވެ.

އެގޮތުން، މިފެސްޓިވަލްގައި ބައިވެރިވެވޭނީ ގިނަވެގެން 12 މެމްބަރުންގެ މައްޗައް އެކުލެވޭ ގްރޫޕަކަށެވެ. މިގުރޫޕްގެ އެކޮމަޑޭޝަން އަދި ލޯކަލް ޓްރާސްޕޮޓޭޝަން ހަމަޖައްސަވައިދެއްވާނެކަމަށް އިންތިޒާމްކުރާ ފަރާތުން ވަނީ އަންގަވާފައެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ، އެއަރ ފްރައިޓް އާއި މެޑިކަލް އިންޝުއަރެންސް އަދި އެހެނިހެން ޙަރަދުތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ފަރާތަކުންނެވެ.

ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 20 އޯގަސްޓް 2019 ވާ އަންގާރަ ދުވަހުގެ ކުރިން މިސެންޓަރަށް ކޮޕީކުރަށްވައި (އީމެއިލް [email protected]) އީމެއިލް [email protected] އަށް މެއިލް ފޮނުއްވައިދެއްވުމަށް ދަންނަވަމެވެ. މިފެސްޓިވަލްގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް މިސެންޓަރުގެ ވެބްސައިޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3344667   ނަންބަރު ފޯނަށެވެ.

08 އޮގަސްޓް 2019
ހޯދާ