ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މެއިންޓްނަންސް އޮފިސަރ

`

 

 

 

ތ.އަތޮޅު ހޮސްޕިޓަލް

  ތ.ވޭމަންޑޫ، ދިވެހިރާއްޖެ

 

(IUL)TAH-A/TAH/2019/8 ނަންބަރު:

 

އިޢުލާނު

މިހޮސްޕިޓަލްގެ (IUL)TAH-A/TAH/2019/6 ނަންބަރ އިއުލާނާގުޅިގެން މެއިންޓްނަންސް އޮފިސަރގެ މަޤާމަށް  އެއްވެސް ފަރާތަކުން ކުރިމަތި ލައްވާފައިނުވާތީ، މި މަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

މެއިންޓަނެންސް އޮފިސަރ

މަޤާމް:

J277594

މަޤާމުގެ ނަންބަރު:

01 (އެކެއް)

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެމް.އެސް 1

މަޤާމުގެ ރޭންކް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ތ.އަތޮޅު ހޮސްޕިޓަލް، ތ.ވޭމަންޑޫ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

-/5610ރ

މުސާރަ:

-/2000ރ

ސަރވިސް އެލެވަންސް:

  1. ސަޕޯޓިން ކޯ އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު -/700ރ
  2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ގާނޫނޫގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  3. ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.

 

އެހެނިހެން އެލަވަންސް:

  1. ތ.އަތޮޅު ހޮސްޕިޓަލާއި އަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އިމާރާތް ތަކުގެ މަރާމާތު ކަންތައް ބެލެހެއްޓުން.
  2. ތ.އަތޮޅު ހޮސްޕިޓަލާއި އަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފަރުނީޗަރ، މެޝިނެރީސް، އިކްއިޕްމަންޓްސް އަދި އުޅަނދު ފަހަރުގެ މެއިންޓަނެންސް މަސައްކަތް ގަވައިދުން ބެލެހެއްޓުން.
    1. ކުރަންޖެހޭ މަރާމާތުތައް ދުވަހުން ދުވަހަށް ބެލޭނެގޮތް އިންތިޒާމްކޮށް އެކަންކަން ޞިއްޙީމަރުކަޒުތަކަށް ގުޅައިގެން ބަލާ އެފަދަ ކަންތައްތަކުގެ މަޢުލޫމާތު ހޯދާ ތައްޔާރުކުރަން ޖެހޭ ލިޔެކިޔުން ތައްޔާރު ކުރުން.
    2. ހޮސްޕިޓަލް ކުނިކަހާ ފޮޅާ ސާފުކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ފަރާތާއި ހޮސްޕިޓަލާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގައި ބަޔާންކުރާ ކަންތައްތައް އިސްވެހުރެ ގަވައިދުން ކުރުވުން.
    3. ހޮސްޕިޓަލް ކުނިކަހާ ފޮޅާ ސާފުކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ ފަރާތާއި ހޮސްޕިޓަލާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، ދެން އެ މަސައްކަތް ހަވާލުކުރާނޭ ފަރާތެއް ހޯދުމަށް އިއުލާން ކުރުމަށްފަހު ގަވައިދުން އެ ފަރާތަކާއި މަސައްކަތް ހަވާލު ކުރުން.

 

  1. ތ.އަތޮޅު ހޮސްޕިޓަލްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި އިމާރާތްތަކުގެ ވަށައިގެންވާ ގޯޅިތައް މަދުވެގެން ދުވާލަކު އެއްފަހަރު ސާފުކޮށް ބެލެހެއްޓުމުގެ ކަންކަން ކަމާގުޅޭ މުވައްޒަފުން ލައްވާ ކުރުވުން.
    1. ތ.އަތޮޅު ހޮސްޕިޓަލާއި ތ.އަތޮޅުގެ ޞިއްޙީމަރުކަޒުތަކުގެ އެންމެހާ ތަކެތީގެ އިންވެންޓްރީ ޤަވާއިދުން ބެހެލެހެއްޓުން.
    2. ތ.އަތޮޅު ހޮސްޕިޓަލްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކުގެ އެންމެހާ މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ހަލާކުވާ ތަކެތީގެ މަޢުލޫމާތު ދުވަހުން ދުވަހަށް އިންވެންޓްރީގައި ލިޔުން.
    3. ހޮސްޕިޓަލުން ބައުވެ ނައްތާލަންޖެހޭ ތަކެތި ގަވައިދުން ނައްތާލުމާއި  ނީލަން ކިޔޭފަދަ ހާލުގައިވާ ތަކެތި ގަވައިދުން ނީލަން ކިޔުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތް ކުރުން.
    4. ހޮސްޕިޓަލްގެ މެއިންޓްނަންސް ސެކްޝަނާއި ސެކިއުރިޓީ އެންޑް ޓްރާންސްޕޯޓް ސެކްޝަނުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ އެންމެހާ ކަންތައް ސުޕަވައިޒްކޮށް ބެލެހެއްޓުން.
    5. ހޮސްޕިޓަލްގެ ފަރާތުން ފާހަގަކުރާ އެކިއެކި މުނާސަބަތު، ވާކްޝޮޕް ފަދަ ކަންކަމާއިގުޅިގެން ކުރަންޖެހޭ އިންތިޒާމްކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާ އޮފީސް ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ތަޖުރިބާ އަށް ބަލައިގެން.

ގުޅޭ ވަޒީފާގެ ދާއިރާ ތަކަކީ، އެޑްމިނިސްޓްރޭޝަން އަދި މެއިންޓްނަންސް ސާރވިސަސް

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 އޯގަސްޓް 2019ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، ތ.އަތޮޅު ހޮސްޕިޓަލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6780582 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 01 ސެޕްޓެމްބަރ 2019އާއި 05 ސެޕްޓެމްބަރ 2019 އާ ދެމެދު ތ.އަތޮޅު ހޮސްޕިޓަލްގައެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި މަސައްކަތު ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ޝޯޓް ލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީ ބަންދު ނޫން ދުވަސް ދުވަހު ހެންދުނު 9:00އިން 13:00އަށް 6780058ނަންބަރ ފޯން އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ 6780582 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

 

 

 

 

 

     

          05 ޛުލްހިއްޖާ 1440ހ

          06 އޯގަސްޓް 2019މ

 

 

 

 

                                             މިދުހަތު ނާޞިރު

                                         މެނޭޖަރ، ހެލްތު ސާރވިސަސް

06 އޮގަސްޓް 2019
ހޯދާ