ދިވެހިރާއްޖެ
ޤުރުއާން ކިޔެވުމުގެ 33 ވަނަ ޤައުމީ ޤުރުއާން މުބާރާތުގެ އާންމު ބައިގެ ހދ.އަތޮޅު ކައުންސިލް ޓީމުގެ ބައިވެރިން ނެގުމަށް ބާއްވާ ހޮވެލި (އޮޑިޝަން) 18 އޮގަސްޓް 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގައި ހދ.އަތޮޅު ކައުންސިލްގައި އޮންނާނެއެވެ. މި ހޮވެލީގައި ބައިވެރިވެވޭނީ ޢުމުރުން 7 އަހަރާއި 65 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ.
- މުބާރާތުގެ ގޮފިތަކާއި މުޤައްރަރު
1- ފޮތުން (ބަލައިގެން) ކިޔެވުމުގެ ގޮފި
2- ހިތުން (ނުބަލާ) ކިޔެވުމުގެ ގޮފި
މިބައިގައި ހިމެނެނީ ދެ ގޮތްޕެވެ. އެއީ ފޮތުން ކިޔެވުމުގެ ގޮތްޕާއި ހިތުން ކިޔެވުމުގެ ގޮތްޕެވެ. މިއިން ކޮންމެ ގޮތްޕެއް ބެހިފައިވަނީ ތިން ބަޔަކަށެވެ. އެއީ:
ފޮތުން ކިޔެވުން ވިދިވިދިގެން އަދި ތަޖްވީދު ހަމަތަކުގެ މަތިން |
ބައިވެރިވާ ޢަދަދު |
ހިތުން ކިޔެވުން ވިދިވިދިގެން އަދި ތަޖްވީދުގެ ހަމަތަކުގެ މަތިން |
ބައިވެރިވާ ޢަދަދު |
10 ފޮތް |
2 |
5 ފޮތް |
2 |
20 ފޮތް |
2 |
10 ފޮތް |
2 |
މުޅިޤުރުއާން |
2 |
20 ފޮތް |
2 |
ވީމާ، މިހޮވެލީގައި ބައިވެރިވާން ބޭނުންވާ ބޭފުޅުން އައިޑީ ކާޑު ހިއްޕަވައިގެން 18 އޮގަސްޓް 2019 ވާ އާދިއްތަ ދުވަހުގެ 14:00 އަށް ހދ.އަތޮޅު ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.