ދިވެހިރާއްޖެ
އިޢުލާން
ރ. މާކުރަތު އުތުރުފަރާތު ބަނދަރު ސަރަހައްދުގައި ބެހެއްޓިފައިވާ ތަކެތި ނެގުން
މިއިދާރާގެ ނަންބަރު: (IUL)305/305/2017/84 (04 ޑިސެމްބަރ 2017) އަދި މިއިދާރާގެ ނަންބަރު: (IUL)305/305/2019/54 (02 ޖޫން 2019) މި ދެ އިޢުލާނުން އުތުރުފަރާތު ބަނދަރުގައި ބަހައްޓާފައިވާތަކެތި ނެގުމަށް އާންމުކޮށް އަންގާ އިޢުލާނު ކުރެވިފައިވީނަމަވެސް ބަނދަރުގައި ބަހައްޓާފައިވާ ތަކެތި ނަގާފައިނުވާތީ، އަދި ރަށުގެ އުތުރުފަރާތު ބަނދަރަށް ބާލާ މުދަލާއިތަކެތި ނުގެންގޮސް ގިނަދުވަސް ވަންދެން ބަހައްޓަމުން ގެންދިއުމާއި، ތެލުގެ ބާވަތްތައް ބަނދަރުގައި ބަހައްޓައިގެން ވިއްކާ ހަދަމުން ގެންދާކަން ފާހަގަ ކުރެވިފައިވާތީ، އަދި މިކަންކަމަކީ ގަވާއިދުން ކައުންސިލުން ހުއްދަ ހޯދުމަކާނުލާ ކުރަމުންގެންދާ ކަންކަމަށްވުމާއި، ކައުންސިލުން މަނާކުރާ، ގަވާއިދު ހުއްދަކުރާ ކަންކަމަށްނުވާތީ، 08 އޯގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން އުތުރު ފަރާތު ބަނދަރުގައި ބަހައްޓާފައިވާ ތަކެތީގެ ވެރިފަރާތެއް ވާނަމަ އެތަނެތި ނެގުމަށް އެންގީމެވެ. އަދި މި މުއްދަތު ހަމަވާއިރު ބަނދަރުގައި ނުނަގާ ހުންނަ ތަކެތި މިކައުންސިލުން ނަގާ ބަނދަރުމަތި ސާފުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
އަދި ދަންނަވަމެވެ. އިމްޕޯޓު މުދާ ވިއްކުމަށް ހުއްދަ ދޫކުރެވިފައިވާ އުސޫލާއި ޚިލާފަށް އަދި ތެލުގެ ބާވަތްތައް ވިއްކުމަށް ކަނޑައެޅިފައިވާ ގަވާއިދުތަކާ ޚިލާފަށް ބަނދަރުގައި މިތަކެތި ބަހައްޓައިގެ ވިއްކަމުން ގެންދާކަން މިފުރުޞަތުގައި ފާހަގަ ކުރަމެވެ. މިހެން ކަމުން ތެލުގެ ބާވަތްތަކާއި އިމްޕޯޓު މުދާ ވިއްކުމަށް ހުއްދަކުރާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް އެންގީމެވެ.
ވީމާ، 08 އޯގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، އުތުރުފަރާތު ބަނދަރުގައި ވެރިފަރާތުން ނުގެންގޮސްހުރި ތަކެތި މިކައުންސިލުގެ ފަރާތުންނަގާ ނައްތާލުމުގެ މަސައްކަތް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މިގޮތަށް ތަކެތި ނެގުމުގެ ތެރޭގައި އެތަކެއްޗަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާއެއް މިކައުންސިލުން ނުނަގާނެ ވާހަކަ ދެންނެވީމެވެ. އަދި ތަކެތި ނުގެންގޮސް ބަހައްޓާ ފަރާތްތަކާމެދު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު، ޤާނޫނު ނަންބަރު 7/2010 ގެ 143 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޤާނޫނީ ފިޔަވަޅު އެޅޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
05 ޛުލްޙައްޖާ 1440