ދިވެހިރާއްޖެ
ކޮންސަލްޓަންސީގެ ފުރުޞަތު
މަޤާމް |
ކޮންސަލްޓަންޓް (ދިވެހިރާއްޖޭގައި ގެވެށި އަނިޔާގެ ޙާލަތު ދެނެގަތުމަޓަކައި ކުރިއަށް ގެންދެވޭ ދިރާސާގެ ޑޭޓާ އެއްކުރުމަށް) |
މަސައްކަތުގެ އަގު |
މަސައްކަތުގެ އަގު ކަނޑައެޅޭނީ ހުށަހެޅޭ ޕްރޮޕޯސަލްގެ މައްޗަށް ބިނާކޮށެވެ. |
މަސައްކަތުގެ މުއްދަތު |
55 ރަސްމީ ދުވަސް |
ތަޢުލީމާއި ތަޖުރިބާ
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
ރާއްޖޭގައި ގެވެށި އަނިޔާ ހިނގާ މިންވަރާއި ޙާލަތު ދެނެގަތުމަޓަކައި ކުރިއަށް ގެންދާ ދިރާސާގެ ޑޭޓާ އެއްކުރުމުގެ ހުރިހާ މަސައްކަތެއް ކުރުން. މި ގޮތުން، ބޭނުންވާ ލިޔެކިޔުންތައް ހޯދުމާއި، ލިޔެކިޔުންތައް ތަރުޖަމާކުރުމާއި، ޑޭޓާ އެއްކުރުމަށްޓަކައި އިނިއުމަރޭޓަރުން ހޯދުމާއި ތަމްރީނުކުރުމާއި، ޓީމެއް ގޮވައިގެން ޑޭޓާ އެއްކުރުމަށް ކުރަންޖެހޭ ދަތުރުތަކުގެ އިންތިޒާމު ހަމަޖައްސައި، ދަތުރުތަކުގައި އަމަލީގޮތުން ބައިވެރިވުން. މީގެ އިތުރުން، ޑޭޓާ އެއްކުރުމުގެ މަސައްކަތާގުޅޭ ރިޕޯޓު އެކުލަވާލައި ހުށަހެޅުން. ނޯޓު: ކުރަންޖެހޭ މަސައްކަތުގެ އިތުރު ތަފްސީލު ހިމެނޭ ޓީ.އޯ.އާރު އަދި މަޢުލޫމާތު ކަރުދާސް ގެޒެޓުން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.fpa.gov.mv ގައިވާނެއެވެ. |
މިކޮންސަލްޓަންސީއަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ޕްރޮޕޯސަލްއާއެކު (މަސައްކަތުގެ އަގާއެކު) ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ. 1- ކޮންސަލްޓަންސީއަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ) 2- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް (އަދި އެޓެސްޓްކޮށްފައިވާ) ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ތަކުގެ ކޮޕީ 3- މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ޕްލޭންއާއި ޓައިމް ފްރޭމް (މަސައްކަތް ނިންމުމަށްފަހު ހުށަހަޅާ މުއްދަތާއި ތާރީޚާއެކު) 4- ކޮންސަލްޓަންސީގެ އަގާއެކު ޕްރޮޕޯސަލް (ދުވާލަކަށް ކަނޑައަޅާފައިވާ އަގާއި ކުރަންޖެހޭ މަސައްކަތްތައް ނިންމުމަށް ހުށަހަޅާ ދުވަހުގެ އަދަދުތަކާއެކު) 5- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް އަދި ކޮންސަލްޓަންސީއަށް އެދޭ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ). 6- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނޯޓު: - މަތީގައިވާ ކޮންސަލްޓަންސީއަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. - މިކޮންސަލްޓަންސީއަކީ ކޮންޓްރެކްޓް އުސޫލުން ވަކި މުއްދަތަށް ކަނޑައަޅާފައިވާ ކޮންސަލްޓަންސީއެކެވެ. - ކޮންސަލްޓަންސީއަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓްތަކާއި ޕްރޮފެޝަނަލް ކޮލިފިކޭޝަން، ތަޖުރިބާ، އިންޓަރވިއު، އަދި މަސައްކަތް ކުރުމަށް ހުށަހަޅާ އަގަށް ބަލައި، އެންމެ މަތިން މާރކްސް ލިބޭ ފަރާތެކެވެ. މި ގޮތުން، އިވެލުއޭޓްކުރުމުގައި ބަލާނީ ތިރީގައިވާ މިންގަނޑަށެވެ. އިވެލުއޭޓް ކުރުމާގުޅޭ ތަފްސީލު މަޢުލޫމާތު ކަރުދާހުގައިވާނެއެވެ.
މި ކޮންސަލްޓަންސީއަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، އަލްފާޟިލާ އާމިނަތު ލީނާ ޢަލީއަށް އެޑްރެސް ކުރައްވައި ސިޓީއަކުން، މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، 25 އޮގަސްޓް 2019 ވާ އާދީއްތަ ދުވަހުގެ 14:30އަށް، މި އޮތޯރިޓީއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުންވުން އެދެމެވެ. މި ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމާތު: ފޯން: 3010551 ފެކްސް: 3010552 އީމެއިލް: [email protected] ވެބްސައިޓް: http://fpa.gov.mv/dh 6 އޮގަސްޓް 2019 |