ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލުރޯދި ދޯނީގެ އިންޖީނު މޭޖަރ އޯވަރހޯލްކުރުން

ވިލުރޯދި ދޯނީގެ އިންޖީނު މޭޖަރ އޯވަރހޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)383/383/2019/39 (11 ޖުލައި 2019) އިޢުލާނާއި ގުޅިގެން ހުށަހެޅުނު ބީލަންތަކުގެ ތެރެއިން އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައިވަނީ ދެފަރާތަކުން ކަމުގައިވާތީ އެ އިޢުލާނު ބާޠިލް ކުރުމަށްފަހު އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ.

                        ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުއްވުން ތިރީގައިވާ ތާވަލާއި އެއްގޮތަށް އޮންނާނެއެވެ.

 

ތާރީޚް

ގަޑި

ދުވަސް

ތަން

އަންދާސީ ހިސާބު ހުށަހެޅުން

22 އޮގަސްޓް 2019

13:00

ބުރާސްފަތި

ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލް

މިމަސައްކަތް ކުރުމަށްއެދި ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

މި އިޢުލާނުގައި މަސައްކަތުގެ މަޢުލޫމާތު ޝީޓް އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިއިދާރާގެ ކައުންޓަރުންވެސް މަޢުލޫމާތު ޝީޓް ލިބެންހުންނާނެއެވެ. ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

            މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ. 

06 އޮގަސްޓް 2019
ހޯދާ