ދިވެހިރާއްޖެ
އިޢުލާން
ދަގަނޑު ތެޔޮ ތާންގީތަކެއް ސިޓީލާ ނީލަމުގައި ވިއްކާލުން
ނީލަން ކިޔޭ ބޭނުން: ކައުންސިލުން ކުރަމުންއައި ތެޔޮވިއްކުމުގެ ވިޔަފާރި ހުއްޓާލުމާއި ގުޅިގެން
ބާވަތް: ތެޔޮ ތާންގީ ( ދަގަނޑު )
އަދަދު : 2 ތާންގީ
ތެޔޮ ތާންގީ ތަފްޞީލް: ވަށަމިން: 22.2 ފޫޓް، ފުންމިން: 8.2 ފޫޓް
ކެޕޭސިޓީ : 15000 ލީޓަރ ( 2 ތާންގީ )
ނީލަމުގެ ތަފްޞީލް:
ނީލަން ފެށޭ އަގު: ނީލަން ފެށޭނީ ތެޔޮ ތާންގީއެއް 25000.00ރފ ގެ ރޭޓުން 2 ތާނގީ 50000.00(ފަންސާސް ހާސް ރުފިޔާ) އަށް
ސިޓީލުމުގެ މުއްދަތު: 07 އޮގަސްޓް 2019 އިން ފެށިގެން 22 އޮގަސްޓް 2019 ގެ އޮފީސް ބަންދު ވުމުގެ ގެ ކުރިން ކައުންސިލް އިދާރާއަށެވެ. އެންމެ މަތީއަގު ކޮންމެ ދުވަހެއްގެ މެންދުރު 12 ޖެހުމުގެ ކުރިން މިއިދާރާގެ ނޯޓިސް ބޯޑުގައި ފެންނަން ހުންނާނެވެ. ނީލަން ނިންމާލެވެނީ 22 އޮގަސްޓް 2019 ގެ 14:00 އާހަމަޔަށް ހުށަހަޅާ އެންމެ މަތީ އަގަކަށެވެ.
ނީލަން ނިންމުން:
ނީލަން ނިމުމުން އެންމެމަތީ އަގު ހުށަހަޅާފައިވާ ފަރާތަކަށް ކައުންސިލް އިދާރާއިން އެކަން އަންގާނެއެވެ. އެފަރާތަކަށް ނީލަން ނިމުނުކަން ކައުންސިލުން އަންގާ ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) އެފަރާތަކުން ހުށަހެޅި ޖުމްލަ އަގަށްވާ ފައިސާ ކައުންސިލް އިދާރާއަށް ދައްކަންވާނެއެވެ. ނުދައްކައިފިނަމަ އެހުށަހެޅުން ބާޠިލްކުރުމަށް ނުވަތަ ދެވަނައަށް އެންމެމަތީ އަގު ހުށަހެޅިފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން އަލުން ފެށުމާއި މެދުގައި ގޮތެއް ކަނޑައަޅާނީ ކައުންސިލް އިދާރާއިންނެވެ.
ނީލަން ނިންމުނުކަމަށް ކައުންސިލުން ކަނޑައަޅާ ވަކިފަރާތަކަށް ނުއަންގާ ހިނދެއްގައި، ނީލަން ބާތިލް ކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެން ވެއެވެ.
އަގު ހުށަހެޅުން:
ހުށަހަޅަން ޖެހޭގޮތް: ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއިއެކު ސިޓީ އުރައެއްގައި ބަންދުކުރައްވާފައި ހެނދުނު 08:30 އާއި މެދުރުފަހުގެ 14:00 އާއި ދެމެދު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި"ތެޔޮތާންގީ ގަތުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
- އަމިއްލަ ފަރުދެއްނަމަ: ގުޅޭނެ ފޯނު ނަންބަރާއިއެކު އަގު ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީ
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ކުންފުންޏެއްނަމަ: - މިނީލަމާއި ގުޅިގެން ކައުންސިލް އިދާރާއާއި މުޢާމަލާތް ކުރައްވާނެ ފަރާތަކާއި ގުޅޭނެ ފޯނު ނަންބަރާއިއެކު އަގު ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް.
- ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
- މިނީލަމާއި ގުޅިގެން ކައުންސިލާއި މުޢާމަލާތް ކުރައްވާނެ ފަރާތެއް ޢައްޔަންކުރައްވާފައިވާ ކުންފުނީގެ ޤަރާރު
މީގެ އިތުރުން ނީލަމަށް ހުށަހަޅާ އަގު ދެއްކުމުގެ މާލީ ޤާބިލުކަން ހުށަހަޅާ ފަރާތުގެ ކިބައިގައި ހުރިކަން ސާބިތުކުރުމަށްޓަކައި އެންމެފަހުގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓް (ފާއިތުވި 01 މަސްދުވަހުގެ) ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަހަޅާ އެކައުންޓް ސްޓޭޓްމަންޓް އަޕްޑޭޓްކުރެވިފައި އޮންނަންވާނީ އެންމެ ލަސްވެގެން އަގު ހުށަހަޅާ ތާރީޚްގެ 07 (ހަތެއް) ދުވަސްކުރިއަށެވެ. އަދި މިގޮތަށް ހުށަހަޅުއްވާ އެކައުންޓް ސްޓޭޓްމަންޓްވާންވާނީ ސީދާ އެފަރާތެއްގެ ބޭންކުން ދޫކޮށްފައިވާ އޮރިޖިނަލް ލިޔުމަކަށެވެ. ހުށަހަޅުއްވަންޖެހޭ ލިޔުންތައް ފުރިހަމަ ކުރެވިފައިނުވާނަމަ، ނީލަން ބާޠިލްކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވާކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް: ގއ ކަނޑުހުޅުދޫ ކައުންސިލް އިދާރާ ނަންބަރު: 6820020 / 9990608
އީމެއިލް: [email protected]