ދިވެހިރާއްޖެ
އިޢުލާން
ޢީދުގެ އުފާ ފާޅުކުރުމުގެ ގޮތުން ފެންކުޅި ކުޅުމަކީ ޢާންމުކޮށް އައްޑޫސިޓީގައި ކުރަމުންދާ ކަމެކެވެ. އެގޮތުން، ވޭތުވެދިޔަ އަހަރުތަކުގައި ފެންކުޅި ކުޅުމުގެ ތެރޭގައި ނޭދެވޭ ބައެއް ކަންކަން ހިނގާފައިވާތީ، މި އަހަރުގެ އަޟްހާ ޢީދު ދުވަހުން ފެށިގެން، ޢީދު ބަންދު ތެރޭގައި އައްޑޫސިޓީގެ އަވަށްތަކުގައި ފެންކުޅި ކުޅުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތައް މިދަންނަވާ ގޮތަށް އިސްލާހު ކޮށްފައިވާތީ ކަނޑައަޅައި، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.
# |
އަވަށް |
ފެންކުޅި ކުޅުމަށް ކަނޑައެޅިފައިވާ ސަރަޙައްދުތައް |
1 |
ހިތަދޫ |
ހިތަދޫ ބަނދަރުމަތީގެ ފަތާ ސަރަޙައްދު |
2 |
މަރަދޫ |
މަރަދޫ ބަނދަރުގެ އުތުރުކޮޅުން އަލަށް ހިއްކާފައިވާ ސަރަޙައްދު |
3 |
މަރަދޫފޭދޫ |
ރަށިކެޑެ(ފެންތާގީ ސަރަޙައްދު) |
4 |
ފޭދޫ |
ބަނދަރުގެ އުތުރުފަރާތު ފަސްގަނޑު |
5 |
ހުޅުދޫ |
ބޮމާ ފަންނު ޕާކް ސަރަޙައްދު، ފެން ޕްލާންޓް އިރުމަތީ ޕާކް ސަރަހައްދު |
6 |
މީދޫ |
އިސްމެހެލަހެރާ ޗެނަލްގެ ދެކުނު ފަރާތު ފަސްގަނޑު |
ވީމާ، މަތީގައިވާ ތަންތަން ފިޔަވައި އައްޑޫސިޓީގެ އެހެންތަންތަނުގައި ފެންކުޅި ކުޅުމަކީ ޤަވާޢިދު ނަންބަރު: 2019/R-995 "ޢާންމު އުނދަގުލާއި ބެހޭ ޤަވާޢިދު" ގެ 3 ވަނަ މާއްދާގެ (ހ)، (ށ) އަދި އެ ޤަވާޢިދުގެ 5 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މަނާކަމެއް ކަމުގައި ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
05 ޛުލްޙިއްޖާ 1440