ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ސްކޫލަށް ބޭނުންވާ ބައެއް ތަކެތި ފޯރުކޮށް ދިނުމާއި މަރާމާތު މަސައްކަތް ކުރުން

ނަންބަރ:  GS53/IUL/2019/17

 

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މި ސްކޫލަށް ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި ސްކޫލްގެ ނަމްބަރ GS53/IUL/2019/16  ( 07 ޖުލައި 2019 ) އިޢުލާނާގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

 

1- ޕްރިންސިޕަލް ރޫމްގެ ގޮނޑި،މޭޒު ބަދަލްކޮށް އެރޭންޖްމަންޓް ބަދަލްކުރުން

2- ސްކޫލްގެ ލެބަށް 60 ޕްލާސްޓިކް ގޮނޑި ފޯރުކޮށްދިނުމާއި 25 މޭޒް މަރާމާތު ކުރުން

3- ސްކޫލް ހޯލް ލައިޓިންސިސްޓަމް ބަދަލުކުރުމަށް ބޭނުންވާ ތަކެތި އަދި ފަންކާ ފޯރުކޮށްދިނުން

4- ސްކޫލް އޮފީހުގަ ޕާޓިޝަން ޖެހުމާއި އެރޭންޖްމަންޓް ބަދަލްކުރުން

 

ވީމާ، މިދެންނެވި ތަކެތި ސްކޫލަށް ފޯރުކޮށްދީ އަދި އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.

 

  • މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 އޯގަސްޓް 06 އިން 22 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް ޖަލާލުއްދީން ސްކޫލްގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

 

  • މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 އޯގަސްޓް 22ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  • މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 އޯގަސްޓް 25 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ޖަލާލުއްދީން ސްކޫލްގެ އޭ.ވީ ރޫމް 01 ގައެވެ.
  • ބިޑް ހުޅުވުން އޮންނާނީ 2019 އޯގަސްޓް 29 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ޖަލާލުއްދީން ސްކޫލްގެ އޭ.ވީ ރޫމް 01 ގައެވެ.

 

  • ނޯޓް : ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

 

 

 

 

  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ·        ޖަލާލުއްދީން ސްކޫލް / ހދ.ކުޅުދުއްފުށި
  • ފޯން:  6528815, 6528873
  • އީ-މެއިލް: [email protected]

05 ޛުލްޙިއްޖާ 1440

06 އޯގަސްޓް 2019

06 އޮގަސްޓް 2019
ހޯދާ