މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުން

 

އިޢުލާން

 

މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.

 

1-               ހަމަޖެހިފައިވާ އުޖޫރައަކީ މަހަކު -/10،000 ރުފިޔާއަށްވުރެ ބޮޑުނޫން އުޖޫރައެކެވެ.

2-               މުއްދަތު :1 އަހަރު ދުވަސް

3-               ޝަރުޠު : ލިޔަންކިޔަން ދަންނަ މީހެއް ކަމުގައިވުން.

    ޢުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން.

    އެފަދަކަމެއް ކުރުމަށް ޞިއްޙީ ގޮތުން ޤާބިލްކަން ހުރި މީހެއް ކަމުގައިވުން.

4-               ޑިއުޓީގައި ހުންނަވަން ޖެހިވަޑައިގަންނަވާނީ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ރަސްމީގަޑި ނިމުމުން ޖެހިގެން އަންނަ ދުވަހުގެ ރަސްމީގަޑި ފެށުމާއި ހަމައަށެވެ.

5-               ބަންދު ދުވަސްތަކުގައި 24 ގަޑިއިރު ޑިއުޓީއަށް ނުކުންނަން ޖެހޭނެއެވެ.  ބަޖެޓަށް އަންނަ ބަދަލަކާއި ގުޅިގެން ޑިއުޓީ ގަޑިއާއި އުޖޫރަ އުނިކުރަން ޖެހިއްޖެނަމަ އެކަން ބިޑް ކާމިޔާބުކުރާ ފަރާތަށް އެންގޭނެއެވެ.

އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ޤާނޫނު ނަމްބަރ 18/2014 މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ވެގެން ގަވާއިދުން ހިންގާ ކުންފުނި ނުވަތަ ވިޔަފާރި އަދި ޤާނޫނު ނަމްބަރ 19/2014 އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ވެގެން ގަވާއިދުން ހިންގާ ވިޔަފާރި ތަކަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 އޯގަސްޓް 20 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 އޯގަސްޓް 27 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

05 ޛުލްޙިއްޖާ 1440 

06 އޯގަސްޓް 2019  

06 އޮގަސްޓް 2019
ހޯދާ