އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީގެ އަވަށްތަކުގައި ފެންކުޅި ކުޅުމަށް ކަނޑައެޅިފައިވާ ސަރަޙައްދުތައް

އިޢުލާން

 

ޢީދުގެ އުފާ ފާޅުކުރުމުގެ ގޮތުން ފެންކުޅި ކުޅުމަކީ ޢާންމުކޮށް އައްޑޫސިޓީގައި ކުރަމުންދާ ކަމެކެވެ. އެގޮތުން، ވޭތުވެދިޔަ އަހަރުތަކުގައި ފެންކުޅި ކުޅުމުގެ ތެރޭގައި ނޭދެވޭ ބައެއް ކަންކަން ހިނގާފައިވާތީ، މި އަހަރުގެ އަޟްހާ ޢީދު ދުވަހުން ފެށިގެން، ޢީދު ބަންދު ތެރޭގައި އައްޑޫސިޓީގެ އަވަށްތަކުގައި ފެންކުޅި ކުޅުމަށް ސަރަޙައްދުތަކެއް ކަނޑައަޅައި، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.

 

#

އަވަށް

ފެންކުޅި ކުޅުމަށް ކަނޑައެޅިފައިވާ ސަރަޙައްދުތައް

1

ހިތަދޫ

ބަނދަރުމަތީގެ ފަތާ ސަރަޙައްދު.

2

މަރަދޫ

ކުޑަކުދިންގެ ޕާކް

3

މަރަދޫފޭދޫ

ރަށިކެޑެ(ފެންތާގީ ސަރަޙައްދު)

4

ފޭދޫ

ބަނދަރުގެ އުތުރުފަރާތު ފަސްގަނޑު

5

ހުޅުދޫ

ބޮމާ ފަންނު ޕާކް ސަރަޙައްދު، ފެން ޕްލާންޓް އިރުމަތީ ޕާކް ސަރަހައްދު

6

މީދޫ

އީދި ގަމޫލު

 

ވީމާ، މަތީގައިވާ ތަންތަން ފިޔަވައި އައްޑޫސިޓީގެ އެހެންތަންތަނުގައި ފެންކުޅި ކުޅުމަކީ ޤަވާޢިދު ނަންބަރު: 2019/R-995 "ޢާންމު އުނދަގުލާއި ބެހޭ ޤަވާޢިދު" ގެ 3 ވަނަ މާއްދާގެ (ހ)، (ށ) އަދި އެ ޤަވާޢިދުގެ 5 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މަނާކަމެއް ކަމުގައި ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

03 ޛުލްޙިއްޖާ 1440

06 އޮގަސްޓް 2019
ހޯދާ