ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތީ ގަމުން ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ.

ހައްދުންމަތީ ގަމުން ދޫކުރުމަށް ހަމަޖެހިފައިވާ 2000 (ދެހާސް) އަކަފޫޓުގެ 400 (ހަތަރު ސަތޭކަ) ގޯއްޗަށް އެދުމުގެ ފުރުޞަތު 06 އޯގަސްޓް 2019 ވާ އަންގާރަ ދުވަހުން ފެށިގެން 12 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ހުޅުވާލައިފީމެވެ. ގޯއްޗަށް އެދޭ އޮންލައިން ލިންކު މި އިދާރާގެ ވެބްސައިޓް: gan.gov.mv އަދި  ފޭސްބުކުޕޭޖު: L-Gan-Councilއިން ލިބިލައްވާނެއެވެ.

 

ގޯތި ދޫކުރާ ސަރަޙައްދު

މި ބުރުގައި ގޯތި ދޫކުރުމަށް ހަމޖެހިފައިވަނީ ތުނޑި އުތުރުކޮޅު، ތުނޑި ސިނާއީމަގުގެ އިރުމަތި، މަތިމަރަދޫ ސިނާޢީ މަގުގެ އިރުމަތި އަދި ހުޅަނގު، މުކުރިމަގު ސިނާއީމާގުގެ އިރުމަތިންނެވެ.

 

ގޯއްޗަށްއެދި ކުރިމަތިލާ ފަރާތްތަކުގެ ޝަރުޠުތަށް

      (ހ) ދިވެހިރައްޔިތެއްކަމުގައިވުން

      (ށ) ޢުމުރުން 18 އަހަރުވެފައިވުން

      (ނ) ބަންޑާރަގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން

      (ރ) އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައި ނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބަޔެއް ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލުން.

      (ބ) ސަރުކާރުން ހަދާފައިވާ ޢީމާރާތެއްގެ ފުލެޓެއް އެމީހެއްގެނަމުގައި ރަޖިސްޓްރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހައްވުރެ ގިނަ ދުވަސް ވެފައިވުން.

      (ޅ) އެއްމެދު ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.

      (ކ) ގޯއްޗަށް އެދިފައިވާ ފަރާތުގެ ބެލުމުގެ ދަށުގައިވާ އުފަންދަރީންނާއި، އެމީހަކަށް ޝަރުޢީގޮތުން ބަލަން ޖެހިފައިވާ މީހުންގެ ޢަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއްލިބި، ނުވަތަ އޮވެ، އެ ގޯއްޗަކާމެދު ޢަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް، އެ މީހަކީ ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް ގަމުކައުންސިލްގެ ގޯތި ދޫކުރުމުގެ ކޮމެޓީއަށް ފެނުން. (ކޮމެޓީން އަމަލުކުރާނީ ގަމުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލާއި އެއްގޮތަށެވެ.)

 

ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • ގޯއްޗަށް އެދޭމީހާގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސްކޭން ކޮޕީ (ދެފުށް)
  • ގޯއްޗަށް އެދޭ މީހާއަކީ ކައިވެންޏެއް ކޮށްގެން އުޅޭމީހެއްނަމަ ކައިވެނީގެ ސެޓްފިކެޓްގެ ސްކޭން ކޮޕީ (ހުރިހާ ޞަފްޙާއެއް)
  • ގޯއްޗަށް އެދޭ މީހާއަކީ ކައިވެންޏެއް ކޮށްވަރިވެފައިވާ މީހެއްނަމަ ވަރީގެ ސެޓްފިކެޓްގެ ސްކޭން ކޮޕީ (ހުރިހާ ޞަފްޙާއެއް)
  • ގޯއްޗަށް އެދޭ ފަރާތުގެ އުފަން ދަރިންނާއި، އަނބިމީހާގެ ނުވަތަ ފިރިމީހާގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު (ދެފުށް)
  • ޚާއްޞައެހީއަށް ބޭނުންވާ މީހެއްނަމަ ނުވަތަ އެފަދަ ކުއްޖަކު ބަލާނަމަ، ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީއިން   އެފަރާތަކަށް ދޫކޮށްފައިވާ ލިޔުމުގެ ސްކޭން ކޮޕީ.
  • ޝަރުޢީ ގޮތުން ބެލެނިވެރިކަން މަތިކޮށްފައިވާ ކުއްޖަކު ބަލާނަމަ އެކަން އެނގޭފަދަ ޝަރުޢީ ލިޔުމުގެ ސްކޭން ކޮޕީ
  • ފުރަތަމަ ޑިގުރީން ފެށިގެން މަތީ ތަޢުލީމީ ސެޓްފިކެޓެއްގެ ސްކޭން ކޮޕީ (އަތޮޅުން ބޭރުގެ ފަރާތްތަކުން)
  • 600 އަކަފޫޓު ނުވަތަ އެއައްވުރެ ބޮޑު ގޯއްޗެށް އެހެން ރަށަކުން އޮވެ އެބިން ދޫކޮށްލާނެ ކަމުގެ އިޤުރާރުގެ ސްކޭން ކޮޕީ (ކައުންސިލުން ކަނޑައަޅާ ފޯމެޓްގައި)
  • ފުލެޓެއް ނުވަތަ ރޯހައުސެއް އޮތް ފަރާތެއްނަމަ އެ ތަން ދޫކޮށްލާނެ ކަމުގެ އިޤުރާރުގެ ސްކޭން ކޮޕީ (ކައުންސިލުން ކަނޑައަޅާ ފޯމެޓްގައި)
  • ގަމުގައި ދިރިއުޅޭކަން އަންގައިދިނުމަށް ބޭނުންވާ ވަޒީފާގެ ލިޔުން ނުވަތަ ސްކޫލްގެ ލިޔުމުގެ ސްކޭން ކޮޕީ (މި ލިޔުންތަށް ހުށައެޅި ނަމަވެސް އިތުރަށްކަށަވަރު ކުރުމަށް ކައުންސިލުން އިތުރަށް ބަލާނެއެވެ.)

 

ހުށަހަޅާ ހުރިހާ ލިޔުމެއް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭ ފެންވަރަށް ސްކޭން ކޮށްފައެވެ. އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި މަޢުލޫމާތު ފުރިހަމަ ނުވާ ފޯމްތަކާއި، ޞައްޙަ ނޫން މަޢުލޫމާތު ހިމެނޭ ފޯމްތައް ބާޠިލު ކުރެވޭނެއެވެ.

 

ލިބޭގޯތިކަނޑައެޅުން

ލިބޭގޯތި ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ. ގުރުއަތުލާނީ އަންނަނިވި ގޮތަށެވެ.

  • ގޯތި ލިބޭނީ އެންމެ މަތިން ޕޮއިންޓްލިބޭ 400 މީހުނަށެވެ. ނަމަވެސް ދެމަފިރިއަކު މި ލިސްޓްގައި ހިމެނޭނަމަ ކޮންމެ ވެސް އެކަކު އުނިކުރެވޭނެއެވެ. އުނިކުރާނެ ފަރާތެއް ކަނޑައަޅާނީ އެދެފަރާތުން ވާހަކަ ދެއްކުމަށްފަހުގައެވެ. އަދި އެ ގޮތަށް ގޮތެއް ނުނިންމިއްޖެނަމަ ދެމީހުންގެ މެދުގައި ގުރުއަތު ނަގާނީއެވެ.
  • o     400 ވަނަ އަށް އެއްފަރާތަށްވުރެ ގިނަފަރާތަށް އެއް އަދަދަކަށް ޕޮއިންޓް ލިބިފައިވާނަމަ އެ ފަރާތްތަކެއްގެ މެދުގައި ގުރުއަތުނަގައި ތަރުތީބު ކުރަންވާނެއެވެ. އެއްވަނަ އަށް ނަގާފަރާތް ވާނީ ގޯތިލިބޭ ލިސްޓްގެ 400 ވަނަ މީހާއަށެވެ. އަދި ދެންތިބި މީހުން ވެއިޓް ލިސްޓްގެ ތަރުތީބަށް ހަމަޖެހިގެން ދާނީއެވެ.
  • o     ކޮންމެ އަވަށަކަށް ކަނޑައަޅާފައިވާ ގޯތި ކަނޑައެޅުމަށް އެންމެ ފުރަތަމަ ގުރުއަތު ލާނީ އެ އަވަށަކަށް އެދިފައިވާ ރަށުގެ ރައްވެހިންގެ މެދުގައެވެ.

 

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް

 

  1. 1.     ގޯތީގެ ބައި

(ހ) ގޯއްޗަށް އެދޭމީހާ އާއި އެދޭމީހާގެ އަނބި ނުވަތަ ފިރިމީހާއަށް 600 އަކަފޫޓް ހަމަވާ ބިމެއް ނުވަތަ ފުލެޓެއް ނުވަތަ ރޯހައުސެއް ލިބިފައި ނުވާނަމަ 25 ޕޮއިންޓް

(ށ) އެހެން ރަށަކުން ލިބިފައިވާ ގޯއްޗެއް ނުވަތަ ފުލެޓެއް ނުވަތަ ރޯހައުސެއް ދޫކޮށްލުމަށް އިޤުރާރު ވާނަމަ ބެލެވޭނީ ގޯއްޗެއް ނެތް ކަމަށެވެ.

(ނ) ގޯއްޗަށް އެދޭމީހާއަކީ ނުކުޅަދުންތެރިކަން ހުންނަ މީހެއްނަމަ 3 ޕޮއިންޓް

 

  1. 2.     ކައިވެނި

(ހ) މީހަކާ އިންދެގެން ހުރިނަމަ 12 ޕޮއިންޓް

(ށ) މީހަކާ އިނދެ ވަރިވެފައިވާ މީހާގެ ކުދިންތިބިނަމަ އަދި އެކުދިން ބަލަނީ ގޯއްޗަށް އެދޭފަރާތްނަމަ 12 ޕޮއިންޓް

(ނ) އެއް އަނތްބަށްވުރެ ގިނަ އަނބިން ތިބިނަމަ 5 ޕޮއިންޓް

 

  1. 3.     އުމުރުގެ ބައި

(ހ) އުމުރުން 18 އަހަރާއި 22 އަހަރާއި ދެމެދު  03 ޕޮއިންޓް

(ށ) އުމުރުން 23 އަހަރާއި 30 އަހަރާއި ދެމެދު  05 ޕޮއިންޓް

(ނ) އުމުރުން 31 އަހަރުން މަތި     07 ޕޮއިންޓް

 

  1. 4.     ދަރިންގެ ބައި

(ހ) 18 އަހަރު ނުފުރޭ ދަރިއަކު ހުރިނަމަ 10 ޕޮއިންޓް

(ށ) 18 އަހަރު ނުފުރޭ އެއްކުއްޖަކަށް ވުރެ ގިނަނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 2 ޕޮއިންޓް (މިބަޔަށް ގިނަވެގެން ދެވޭނީ 6 ޕޮއިންޓް)

(ނ) ދައިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުން ދަށުގެ ކުއްޖަކު ހުރިނަމަ 3 ޕޮއިންޓް

(ރ) ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުން ދަށުގެ އެއް ކުއްޖަކަށްވުރެ ގިނައިން ތިބިނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 1 ޕޮއިންޓް ( މިބަޔަށް ގިނަވެގެން ދެވޭނީ 4 ޕޮއިންޓް)

 

  1. 5.     ރައްވެހިކަމުގެ ބައި
  • ·      ރަށުގެ ރައްވެހިން

(ހ) ގަމުގެ ރައްވެއްސެއްނަމަ 20 ޕޮއިންޓް

  • ·      އަތޮޅުގެ ރަށްވެހިން

(ހ) ލ. އަތޮޅުގެ ރައްވެއްސެއްނަމަ 5 ޕޮއިންޓް

(ށ) ގަމުގައި ދިރިއުޅޭނަމަ 10 ޕޮއިންޓް

  • ·      އަތޮޅުން ބޭރު މީހުން

(ހ) ގަމުގައި ދިރިއުޅޭނަމަ 10 ޕޮއިންޓް

(ށ) ފުރަމަތަ ޑިގުރީން ފެށިގެން މަތީ ފާހެއް އޮތްނަމަ 5 ޕޮއިންޓް

ނޯޓް:

ü      ގަމުގައި ދިރިއުޅޭ މީހުންގެ ގޮތުގައި ބަލާނީ ގަމުގައި ވަޒީފައެއްގައި އުޅޭތާ އެއް އަހަރުވެފައިވާ ފަރާތްތަށް، ދަރިން ގަމުގެ ސްކޫލެއްގައި ކިޔަވައިދިނުމަށް ގަމުގައި ދިރިއުޅޭތާ އެއް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ފަރާތްތައް، ގަމު ރަށްޔިތަކާއި ކައިވެނިކޮށްގެން ގަމުގައި ދިރިއުޅޭފަރާތްތަކެވެ.

ü      ކަނޑައެޅޭ ވަކިޓާމަކަށް އައިސް ގަމުގައި ވަޒީފާ އަދާކުރާމީހާ ވަޒީފާ އެއްގައި އުޅޭމީހުންގެ ތެރޭގައި ނުހިމެނޭނެއެވެ.

ü      މާންދޫ އަދި ކައްދޫގެ ވަޒީފާއެއްގައި އުޅޭމީހާ ދިރި އުޅޭނީ ގަމުގައި ނަމަ ބަލާނީ ގަމުގައި ދިރިއުޅޭ މީހެއްގެ ގޮތުގައެވެ.

ü      ނަމްބަރު 3 ގެ (ށ) ގައިވާ "ކައިވެނި ރޫޅިފައި" ކަމަށް ބަލާނީ ގޯތި ދޫކުރަން ޢާންމުކޮށް އިޢުލާން ކުރުމުގެ ކުރިން ކައިވެނި ރޫޅިފައި ވާނަމައެވެ.

ü      އުމުރު ބަލާނީ ގޯތި ދޫކުރުމަށް ޢާންމުކުރި އިޢުލާންގެ މުއްދަތު ހަމަވާ ތާރީޚަށެވެ.

ü      ގޯއްޗަށް އެދޭ ފަރާތަށް ލިބިފައިވާ ބަންޑާރަ ގޯއްޗެއް ވިއްކި ފަހުން 3 އަހަރުނުވާ މީހުން ގޯޗަށް އެދުމުގެ ޝަރުތު ހަމެއެއް ނުވާނެއެވެ.

ü      ނުކުޅަދުންތެރިކަން ހުންނަ ފަރާތެއްކަމުގައި ބަލާނީ ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީއިން އެފަރާތަކީ އެފަދަ ފަރާތެއްކަމަށް ދޫކުރާ ލިޔުން ހުށައަޅާފައިވާ ފަރާތްތަކެވެ.

ވިމާ، ލ.ގަމުން ގޯއްޗަށް އެދޭ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިރައްޔިތުން ފޯމާއެކު ހުށައަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ. މި ކަމާބެހޭ އިތުރު މަޢުލޫމާތު މި އިދާރާގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން އަދި މި އިދާރާއިން ލިބިލައްވާނެއެވެ.

05 އޮގަސްޓް 2019
ހޯދާ