ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގދ.ފިޔޯރީގެ ގޮނޑުދޮށުން ވެލިނެގުމާއި ގުޅޭ
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ ގެ ނަންބަރ 203-EIARES/422/2019/2 ސިޓީން ރަށުގެ ގޮނޑުދޮށުން ވެލިނެގުމަކީ މަނާކަމެއް ކަމަށާއި، މި ކަން ތަކުރާރު ކުރާ ފަރާތްތަކާއި މެދު ޤާނޫނާއި، ޤަވާއިދު ތަކުގެ ދަށުން ފިޔަވަޅު އެޅުމަށް އެފަރާތުން ދަންނަވާފައިވާތީވެ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި މި ވާހަކަ ދެންނެވީމެވެ.
ތިރީގައި މި ބަޔާން ކުރަނީ މި ކަމާއި ގުޅިގެން މި އިދާރާއިން އަޅާނޭ ފިޔަވަޅު ތަކުގެ މަޢުލޫމާތެވެ.
މި ގޮތުން؛
- ވެލި ނަގާ ފަރާތްތަކުގެ މައުލޫމާތު ކޮންމެ ހަފްތާއަކު އެއްފަހަރު އެންވަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އަށް ފޮނުވުން
- ޤަވާއިދު ނަންބަރ 2019/R-930 (ތިމާވެށި ހިމާޔަތް ކުރުމާއި ބެހޭ) ގެ ދަށުން ޖޫރިމަނާކުރުން (ޖޫރިމަނާ ކުރެވޭ އަދަދަކީ 500ރ އިން ފެށިގެން 5000ރ އާއި ދެމެދުގެ) އަދަދެއް ކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން އާންމު ކޮށް އަންގާ އިޢުލާން ކުރީމެވެ.
05 އޮގަސްޓް 2019
ހޯދާ