މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުން

މި މިނިސްޓްރީއަށް 19 ކޮމްޕިއުޓަރ ސިސްޓަމް ގަންނަން ބޭނުންވެއެވެ.  ވީމާ، ތިރީގައި ދެންނެވިފައިވާ މަޢުލޫމާތާ އެއްގޮތަށް ކޮމްޕިއުޓަރ ސިސްޓަމްތައް މިނިސްޓްރީއަށް ސަޕްލައިކޮށް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 އޮގަސްޓް 2019 ވާ އާދީއްތަ ދުވަހުގެ 10:00 އަށް  އަންދާސީ ހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގެ 7 ވަނަ ފަންގިފިލާ އަށް) ވަޑައިގެންދެއްވުން އެދެމެވެ.

DELL

Brand

Mini Tower

Form factor

Intel Core i5 6-core up to 4.0 GHz (latest generation)

CPU

8GB 2666MHz DDR4 UDIMM Non-ECC

Memory

3.5-inch 1TB 7200RPM SATA HDD (200GB for OS)

Hard Disk

8x DVD+/-RW 9.5mm Optical Disk Drive

Optical Drive

Wired USB

Keyboard & Mouse

8 External USB

1-DP, 1-HDMI, 1- RJ 45, 1-VGA

Ports

24-inch LCD Monitor

Monitor

Genuine Windows 10 Pro

Software

Genuine MS Office 2016 Home & Business

Warranty

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 60 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 60 )
  • މުއްދަތަށް  30 ޕޮއިންޓް (ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު × 30 )
  • ތަޖުރިބާއަށް 10 ޕޮއިންޓް(މިފަދަ މަސައްކަތެއް ނުވަތަ ގުޅުންހުރި މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.) ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓް ދިނުމުގައި ކޮށްފައިވާ މަސައްކަތުގެ ކުޑަ ބޮޑު މިނަށް (ޕްރޮޖެކްޓްގެ އަގަށް) ބެލޭނެއެވެ.

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.

ނ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކުރައްވާފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރި ރަޖިސްޓްރޭޝަންގެ ކޮޕީ.

ރ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)

ބ. އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.

ޅ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339267، 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

04 އޮގަސްޓް 2019
ހޯދާ