ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސެކިޔުރިޓީރޫމް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  • މި މަދަރުސާގެ އިޢުލާން ނަމްބަރ: (IUL)GS-30/GS-30/2019/15ގެ އިޢުލާނާއިގުޅިގެން ހުށަހެޅިފައިވާ އަގުތައް ބޮޑުކަމަށާއި އަލުން އިޢުލާން ކުރުމަށް އެޑިޑިޔުކޭޝަނުން އަންގަވާފައިވާތީ، އަމިއްލަ ތަކެތީގައި މި މަދަރުސާގެ ސެކިޔުރިޓީ ރޫމް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ އަލުން ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
  1.  މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 04 އޯގަސްޓް 2019 އިން 08 އޯގަސްޓް 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. އަންދާސީ ހިސާބުގައި ބައިވެރިވުމަށް ނަންނޯޓް ކުރާއިރު، ތިރީގައިވާ މަޢުލޫމާތުތައް ބޭނުންވާނެއެވެ.

2.1- މަޢުލޫމާތު ސާފުކުރާ ކުންފުނި/ފަރާތް :

2.2- އީމެއިލް އެޑްރެސް:

2.3- ގުޅޭނެ މޯބައިލް ނަންބަރު:

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 އޯގަސްޓް 20 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  2. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 އޯގަސްޓް 22 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި ގދ.އަތޮޅު މަދަރުސާ ގެ އޮފީހުގައެވެ.
  3. ބިޑް ހުޅުވުން އޮންނާނީ 2019 އޯގަސްޓް 29 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ގދ.އަތޮޅު މަދަރުސާ ގެ އޮފީހުގައެވެ.
  4. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް  މި މަދަރުސާގެ އިދާރާއިން ލިބެން ހުންނާނެއެވެ.
  5. އިތުރު މަޢުލޫމާތު ރަސްމީ ގަޑިތަކުގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގދ.އަތޮޅު މަދަރުސާ

ގައްދޫ ، ދިވެހިރާއްޖެ.

ފޯން:  7983083

04 އޮގަސްޓް 2019
ހޯދާ