ދިވެހިރާއްޖެ
ޕްރިންޓް ޕްރޮޑަކްޝަންއަށް ބޭނުންވާ އިކުއިޕްމަންޓް ސަޕްލައި،ޑެލިވަރީ އަދި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
ނަންބަރު:IUMH-AD/I/2019/13
އައި.ޔޫ.އެމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އިން ބޭނުންވާ ޕްރިންޓް ޕްރޮޑަކްޝަންއަށް ބޭނުންވާ އިކުއިޕްމަންޓް ސަޕްލައި، ޑެލިވަރީ އަދި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 އޯގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށް އެދެމެވެ. އަދި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 22 އޯގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ.
މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3022161 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
03 ޛުލްޙިއްޖާ 1440
04 އޯގަސްޓް 2019