ނޫމަރާ ޞިއްޙީ މަރުކަޒު، ށ. ނޫމަރާ
ދިވެހިރާއްޖެ
ށ.ނޫމަރާ ޞިއްހީމަރުކަޒަށް ރަޖިސްޓަރޑް ނަރުހެއް ހޯދުމަށް

 

ށ. ނޫމަރާ ޞިއްޙީމަރުކަޒު   

      ށ. ނޫމަރާ، 

     ދިވެހިރާއްޖެ                                          ނަމްބަރ: IUL)SH-NHC-A/2019/04)

އިޢުލާނު

 

މަޤާމު

 ރަޖިސްޓަރޑް ނާރސް / ސީނިއަރ ރެޖިސްޓަރ ނާރސް / ކްލިނިކަލް ނާރސް

މަޤާމުގެ ނަންބަރު

  244066 J-                    

ބޭނުންވާ އަދަދު

 1 (އެކެއް)

މަޤާމުގެ ގިންތި

 ދާއިމީ

މަޤާމުގެ ރޭންކް

 އެމް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން

 ނާރސިންގ ޕްރޮފެޝަނަލްސް

ޑިވިޝަން / ސެކްޝަން

 ނާރސިންގ ސާރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން

 ށ. ނޫމަރާ ޞިއްޙީމަރުކަޒު

މަޤާމް

ސިވިލްސާރވިސް ރޭންކު

އަސާސީ ޝަރުތު

މަޤާމުގެ އަސާސީ     މުސާރަ،މަހަކު ( ރުފިޔާ)

ރެޖިސްޓަރޑް ނާރސް

CS8-1

ނާރސިންގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލް ކޮށްފައިވުން 

9060

 

CS8-2

ރެޖިސްޓާރޑް ނާރސް ސީއެސް8-1 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން

9160

 

CS8-3

މޯލްޑިވްސް ނާރސިންގ އެންޑް މިޑް ވައިފަރީ ކައުންސިލް އިން ޤަބޫލްކުރާ ނަރސިން ދާއިރާއިން ދިވެހި ރާއްޖޭގެ  ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލް ކޮށްފައިވުން .

9360

ސީނިއަރ ރަޖިސްޓާރޑް ނާރސް

CS10-1

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ޤަބޫލްކުރާ ނަރސިން ދާއިރާއިން ދިވެހި ރާއްޖޭގެ  ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއި އެކު ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައި ވުން

 

 

CS10-2

ސީނިއަރ ރެޖިސްޓަރޑް ނަރސް، ސީއެސް 10-1 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކޮށް މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މާކްސް ހޯދާފައިވުން

 

 

CS10-3

ސީނިއަރ ރެޖިސްޓަރޑް ނާރސް، ސީއެސް 10-2 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކޮށް މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މާކްސް ހޯދާފައިވުން

 

ކްލިނިކަލް ނާރސް

CS12-1

މޯލްޑިވްސް ނަރސިންގ އެންޑް މިޑް ވައިފަރީ ކައުންސިލް އިން ޤަބޫލްކުރާ ނަރސިންގ ދާއިރާއިން ދިވެހި ރާއްޖޭގެ  ޤައުމީ ސަނަދުގެ އޮނިގަނޑު 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

CS12-2

ކްލިނިކަލް ނަރސް، ސީއެސް 12-1 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކޮށް މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މާކްސް ހޯދާފައިވުން

 

 

CS12-3

ކްލިނިކަލް ނަރސް، ސީއެސް 12-2 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކޮށް މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން

 

ސާރވިސ އެލަވަންސް

  • ހޮސްޕިޓަލް ލެވެލް 3 އަދި 24 ގަޑިއިރު ޚިދުމަތްދޭ ޞިއްޙީމަރުކަޒުތައް – މަސައްކަތު ނުކުންނަވާ ކޮންމެ ދުވަހަކަށް 188 ރުފިޔާ
  • ހޮސްޕިޓަލް ލެވެލް 2 އަދި 16 ގަޑިއިރު ޚިދުމަތްދޭ ޞިއްޙީމަރުކަޒުތައް – މަސައްކަތު ނުކުންނަވާ ކޮންމެ ދުވަހަކަށް 150 ރުފިޔާ
  • ހޮސްޕިޓަލް ލެވެލް 1 އަދި 8 ގަޑިއިރު ޚިދުމަތްދޭ ޞިއްޙީމަރުކަޒުތައް – މަސައްކަތު ނުކުންނަވާ ކޮންމެ ދުވަހަކަށް 120 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުމާއި އަދި މިކަމުގައި އިހުސާންތެރިކަމާއިއެކު އެމީހުންގެ ޖިސްމާނީ ނަފުސާނީ އަދި އިޖުތިމާއީ ބޭނުންތަކަށް ރައްކާތެރިވުން.
  2. ބަލިމީހުންނަށް ދިމާވާ އާދަޔާއި ހިލާފަ ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯޓުކުރުމާއި އަދި ރިފާރކޮއްފައި ތިބޭމީހުން އެޑޮކްޓަރަކަށް އެންގުން.
  3. ޑޮކްޓަރުގެ ލަފާގެ މަތިން ބަލި މީހުންނަށް ދެވޭ ފަރުވާގެ ރިހެބިލިޓޭޝަނާ ބެހޭގޮތުން އެ މީހުންނަށް މައުލޫމާތު ދިނުން.
  4. ކުޑަވަގުތުކޮޅަކަށް ބާވައިގެން ފަރުވާ ދޭންޖެހޭ ފަރާތްތަކަށް އޮބްޒަވޭޝަން ޚިދުމަތްދިނުމުގެ ކަންތައްތައް ބެލެހެއްޓުން.
  5. ދިމާވާ އިމަޖެންސީތައް ވަގުތުން ކަމާބެހޭ ޑޮކްޓަރުންނަށް އެންގުމާއި، ޑޮކްޓަރު އަންނަންދެން އެފަދަ އެމެޖެންސީތަށް މެނޭޖްކުރުން.
  6. މަރުކަޒަށް ޒިޔާރާތްކުރާ މީހުންނަށް ހެލްތް އެޑިއުކޭޝަން ދުނުމާއި ޙާއްސަގޮތެއްގައި މާބަޑު މީހުންނާއި ވިހެއުމަށްފަހު ދޫކޮށްލާ ބަލިމީހާގެ އާއިލާއަށް ( މަންމަ އާއި ބައްޕަ) އަށް ގާތުން ކިރުދިނުމާއި ބެހޭގޮތުންނާއި ދޭތެރެ ދުރުކުރުމާއި ބެހޭގޮތުން މައުލޫމާތު ދިނުން.
  7. މަރުކަޒުގައި ޞިއްޙީގޮތުން މީހުން ހޭލުންތެރި ކުރުމާއި ހެލްތް ޕްރޮމޯޝަން ސެކްޝަނުން ހިންގޭ ތަފާތު ޕްރޮގުރާމްތަކުގެ އަމަލީގޮތުން ބައިވެރިވުމާއި އައުޓްރީޗް ދަތުރުތަކުގައި އަމަލީގޮތުން ބައިވެރިވުން.
  8. ޑިއުޓީއާއި ހަވާލުވުމުގެ ކުރިން އިންވެންޓްރީ ޗެކްކޮށޤ މަދުވާތަކެތި ރިޕްލޭސްކުރުން.
  9. މަރުކަޒުން ބަލިމީހަކު މާލެ ނުވަތަ އެހެންތަނަކަށް ރިފަކުރަން ޖެހިއްޖެ ހާލަތެއްގައި އެމީހަކާއިއެކު އެތަނަކަށް ދިއުން.
  10. މަރުކަޒުގެ ސާފްތާހިރުކަން ދެމެހެއްޓުމާއި ޔުނިވާސަލް އިންޕެކްޝަން ޕޮރޮޓޮކޯލާ އެއގޮތަށް އަމަލުކުރުން.
  11. ސެކްޝަނނުން ފޯރުކޮއްދޭންޖެހޭ ޚިދުމަތްތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތަކާއި ތަފާސް ހިސާބްތަކާއި ލިޔުންތައް ތައްޔާރުކުރުން.
  12. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައްކުރުން.

މަޤާމުގެ މަސައްކަތުގައިވާ އާދަޔާ ޚިލާފު ކަންތައްތައް

  1. ގައިންގަޔަށް އަރާ ބަލިތަކަށް އެކްސްޕޯޒުވުން.
  2. ބަލިމީހުނަށް ބޭނުންކުރާ (ކަށި، ތިލަ އަދި މިނޫންވެސް ތޫނުތަކެތިން) ލިބިދާނެ ގެއްލުން.
  3. ކެމިކަލްސް، ޑްރަގްސް ފަދަ ތަކެއްޗަށް އެކްސްޕޯޒުވުން.
  4. ބަލިމީހުން ހަށިގަނޑުން ބޭރުވާ ދިޔަ (ލޭ، ދޮސް، ހޮޑު، ކުޑަކަމުދާ އެއްޗެތި، ބޮޑުކަމުދާ އެއްޗެތި) ފަދަ ތަކެއްޗަށް އެކްސްޕޯޒުވުން.
  5. ރޭޑިއޭޝަން ( އެކްސްރޭ، ސީ.ޓީ ސްކޭން، އެމް.އާރު.އައި ސްކޭން) ފަދަ ތަކެއްޗަށް އެކްސްޕޯޒުވުން.
  6. އާންމުންގެ ފަރާތުން ދިމާވާ ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތައް.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލްސާރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ށ. ނޫމަރާ ޝިއްޙީމަރުކަޒުގެ އޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  1. (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  19 އޮގަސްޓް 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ށ.ނޫމަރާ ޞިއްޙީމަރުކަޒުގެ އޮފީހަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 20 އޮގަސްޓް 2019 އިން 25 ސެޕްޓެމްބަރ 2019 އާއި ދެމެދު ށ. ނޫމަރާ ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައިގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 6540666 މިނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. އަދި އީ-މެއިލް ކުރައްވާނަމަ   [email protected] އަށެވެ.  

 

3 L 1440

04   އޯގަސްޓް   2019

 

 

 

 

 

 

 

 

 

 

04 އޮގަސްޓް 2019
ހޯދާ