މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ގަހުގެ ނާސަރީތައް ރަޖިސްޓްރީވުމަށް ހުޅުވާލުން

ޤާނޫނު ނަންބަރު 2011/12 (ގަސްގަހާގެހި ޙިމާޔަތްކުރުމުގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ކ)ގައި ނޭޝަނަލް ޕްލާންޓް ޕްރޮޓެކްޝަން އޯގަނައިޒޭޝަނުގެ މަސައްކަތުގެ ތެރޭގައި ޕެސްޓް ހުރިކަމާއި، ފެތުރުން ރިޕޯޓުކުރުމާއި، އެ ޕެސްޓް ކޮންޓްރޯލްކުރުމުގެ މައިގަނޑު މަޤުޞަދުގައި، ހެދެމުންދާ ގަސްގަހާގެއްސާއި (ދަނޑުހައްދާ ސަރަޙައްދުތަކާއި، ނަރސަރީތަކާއި، ބަގީޗާތަކާއި، ގްރީންހައުސްތަކާއި، ލެބޯރެޓަރީތައް ހިމެނޭގޮތުން)، ވަލުގައި ހެދޭ ގަސްގަހާގެއްސާއި، ރައްކާކޮށް ބެހެއްޓިފައި ހުންނަ ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދެވޭ ގަހުގެ ބައިތަކުގެ އުފެއްދުންތައް ބަލާފާސްކުރުން ހިމެނޭއިރު، އެ މަސައްކަތުގެ މަޤުޞަދު ޙާޞިލްކުރުމަށްޓަކައި، ގަސްގަހާގެހި ޙިމާޔަތްކުރުމުގެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) އަދި (ށ)ގެ ދަށުން ޤަވާއިދު، އަމުރު، ޖަދުވަލު، ނޯޓިސް ނުވަތަ މެނުއަލް ހެދުމުގެ ބާރު މިނިސްޓަރަށް ލިބިގެންވާތީ، ގަސްގަހާގެހި ޙިމާޔަތްކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ކ) އަށް ރިޢާޔަތްކޮށް އަދި އެޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) އަދި (ށ)ގެ ދަށުން ގަހުގެ ނާސަރީ ހިންގަން ބޭނުންވާ ފަރާތްތަކަށް ނާސަރީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލަމެވެ.

ވީމާ، ގަހުގެ ނާސަރީ ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފޯމާއި ރަޖިސްޓްރީވުމުގެ އުސޫލް މި އިޢުލާނާއި އެކު ގެޒެޓް ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. މީގެ އިތުރުން މިކަމަށް އެދި ހުށަހަޅާ ފޯމާއި އުސޫލު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓް www.fishagri.gov.mv އިން ލިބެންހުންނާނެއެވެ. މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ މިމިނިސްޓްރީގެ ފޯން ނަންބަރ 3322625/ 3339261 އަށް ގުޅުއްވުން އެދެމެވެ.

01 އޮގަސްޓް 2019
ހޯދާ