ދިވެހިރާއްޖެ
މިރަށު ޕްރީސްކޫލް ޢިމާރާތުގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި (IUL)384-A/2019/41ނަމްބަރ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 06 އޮގަސްޓް 2019ވާ އަންގާރަ ދުވަހުގެ 13:00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 8 އޮގަސްޓް 2019ވާ ބުރާސްފަތި ދުވަހުގެ 13:00އަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780034 މިނަމްބަރަށެވެ. މަޢުލޫމާތު ސާފް ކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.