ކޮނޑޭ ސްކޫލް، ގއ.ކޮނޑޭ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮނޑޭ ސުކޫލުގެ ވަށާފާރުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
- ކޮނޑޭ ސުކޫލުގެ މިހާރު ހުރި 400 ފޫޓްގެ ވަށާފާރު ތަޅާ ނެގުމަށްފަހު ސުކޫލުން ދީފައިވާ ކުރެހުމާއި އެއްގޮތްވާގޮތުގެ މަތިން 400 ފޫޓްގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމަވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 31 ޖުލައި 2019 އިން 06 އޯގަސްޓް 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 06 އޯގަސްޓް 2019 ވަނަ ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 08 އޯގަސްޓް 2019ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި ކޮނޑޭ ސުކޫލުގައި އޮންނާނެއެވެ.
- ބިޑް ހުޅުވުން އޮންނާނީ 22 އޯގަސްޓް 2019ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކޮނޑޭ ސުކޫލުގައެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ކޮނޑޭ ސުކޫލް
- ގއ.ކޮނޑޭ، ދިވެހިރާއްޖެ.
- ފޯން: 6820097، 9997547
- އީ-މެއިލް: [email protected]
- ކޮޕީ އީ-މެއިލް: [email protected]
31 ޖުލައި 2019
ހޯދާ