ދިވެހިރާއްޖެ
ތާރީހް: 31 ޖުލައި 2019 ސާރކިއުލަރ CBM/2019/07
ވެދުން ސަލާމްއަށްފަހު ދަންނަވަމެވެ.
2 ވަނަ ޑިވިޝަން
މިބޯރޑުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ދެވަނަ ޑިވިޝަންގެ T20 ކުރިކެޓް މުބާރާތް އޮގަސްޓް 23 ވަނަ ދުވަހު ބާއްވާގޮތަށްވަނީ ނިންމާފައެވެ. ވީމާ ތިރީގައިވާ ފުރަތަމަ ޑިވިޝަންގެ ޓީމްތަށް ފިޔަވާ މިބޯރޑުގައި ރަޖިސްޓަރީވެފައިވާ ކްލަބް ޖަމިއްޔާތަކުން ބައިވެރިވާން ބޭނުން ނަމަ 8 އޯގަސްޓް 2019 ވަނަ ދުވަހުގެ 13:00ގެ ކުރިން މިބޯރޑަށް ލިއުމަކުން ހުށައަޅާ، 18 އޮގަސްޓް 2019 ވަނަ ދުވަހުގެ 13:00ގެ ކުރިން ޓީމް ލިސްޓް ހުށައެޅުން އެދެމެވެ.
ޓީމް ލިސްޓް ހުށައަޅާނީ މިބޯރޑުން ދޫކުރާ ފޯމްގައެވެ. އަދި ފޯމް ފުރުމުގައި، ފޯމްގައި ވާ ހުރިހާ މައުލޫމާތް ފުރިހަމަކުރުމަށްވެސް ދަންނަވަމެވެ.
ފުރަތަމަ ޑިވިޝަންގެ ކްލަބްތަށް (2018 ޓީ ޓްވެންޓީ ޑިވިޝަން 1)
- ސީބީއެލް ސްޕޯރޓްސް
- މިލަން ކްރިކެޓް އެކަޑަމީ
- ވެސްޓް ސްޕޯރޓްސް ކްލަބް
- މާލޭ ސްޕޯރޓްސް ކްލަބް
އިހްތިރާމްގަބޫލްކުރެށްވުންއެދެމެވެ.
31 ޖުލައި 2019