ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ތަރުޖަމާނަކު ހޯދުމާއި ގުޅޭ

އިޢުލާން

 

ތަރުޖަމާނަކު ހޯދުމާއި ގުޅޭ

 

                މިކޯޓުގެ ނަންބަރު O10C-B/2019/04 (17 ޖުލައި 2019މ.) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ސިޓީ ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް، މިކޯޓަށް ހުށަހެޅި ބަލަމުންދާ މައްސަލައަކައި ގުޅިގެން ބަންގްލާދޭސް ބަސްކަމުގައިވާ ބަގްލާ ބަސްދަންނަ ތަރުޖަމާނެއް ހޯދަން ބޭނުންވާތީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 ސެޕްޓެމްބަރު 2019މ. ދުވަހުގެ 14:00ގެ ކުރިން ކަމައިގުޅޭ ލިޔެކިޔުންތަކައި އައި.ޑީކާޑް ކޮޕީ އާއެކު، މި ކޯޓަށް ސިޓީ ހުށަހެޅުއްވުމަށް އެދި ދަންނަވަމެވެ. އަދި އެ ސިޓީގައި ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދުގެ 99 މާއްދާ ގައިވާ މަޢުލޫމާތު ހިމަނަންވާނެއެވެ. މިކަމަށް އެދޭފަރާތްތަކުން އިންޓަވިއުގައި ތަރުޖަމާކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދޭންވާނެއެވެ. ތަރުޖަމާނަކަށް ހޮވޭ ފަރާތައް މިކޯޓުގައި ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކުރާ ވަގުތުތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.

                      ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                                    ‏29‏ ޛުލްޤަޢިދާ‏ 1440

‏31‏ ޖުލައި‏ 2019

31 ޖުލައި 2019
ހޯދާ