ދިވެހިރާއްޖެ
| 
 މަޤާމް  | 
 މަސައްކަތު  | 
|
| 
 މަޤާމުގެ ނަންބަރ  | 
 J-221614  | 
|
| 
 ބޭނުންވާ ޢަދަދު  | 
 01 (އެކެއް)  | 
|
| 
 މަޤާމުގެ ގިންތި  | 
 ދާއިމީ  | 
|
| 
 މަޤާމުގެ ރޭންކް  | 
 އެސް. އެސް. 1  | 
|
| 
 މަޤާމުގެ ކްލެސިފިކޭޝަން  | 
 ސަޕޯރޓް ސްޓާފް ގްރޭޑް 1  | 
|
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން  | 
 މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ  | 
|
| 
 މުސާރަ  | 
 3100.00 (ތިންހާސް އެއްސަތޭކަ) ރުފިޔާ  | 
|
| 
 ސާރވިސް އެލަވަންސް  | 
 1000.00 (އެއްހާސް) ރުފިޔާ  | 
|
| 
 ސަޕޯރޓިންގް ކޯއެލަވަންސް 1  | 
 1200.00 (އެއްހާސް ދުއިސައްތަ) ރުފިޔާ  | 
|
| 
 އިތުރުޢިނާޔަތްތައް  | 
  | 
|
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް  | 
 1. ދެ ދުވަހުން އެއްދުވަހު އޮފީހުގެ ގޯތިތެރެ ފޮޅާ ކުނިކަހާ ސާފްކުރުމާއި، ބާއޮފީސް ގޯތިތެރެ ސާފްކޮށް ބެލެހެއްޓުން. 2. އޮފީހުގައި ހިފާ ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރ ފޮޅާ ސާފުކުރުން. 3. އޮފީހުގެ ފާޚާނާތައް ސާފްކުރުން. 4. ކޮންމެ ދުވަހަކު ރަށަށް ބާނާ މަހުގެ ހިސާބުނަގާ ރަށުކައުންސިލް އިދާރާއަށް ގެނައުން. 5. ރަށު ކައުންސިލް އިދާރާގެ ފަރާތުން އިންތިޒާމްކުރާ ޖަލްސާތަކަށް މީހުންނަށް ކިޔުން 6. އެކިއެކި ކަންކަމުގައި ރަށުކައުންސިލް އިދާރާއަށް ގެންނަންޖެހޭ މީހުން ކައުންސިލް އިދާރާއަށް ޙާޟިރުވުމަށް އެންގުން. 7. ރަށަށް ވަޑައިގަންނަވާ އެކިއެކި ވަފުދުތަކަށް ބޭނުންފުޅުވާ ކަންކަމުގައި ކައުންސިލަށް އަންގަވާ ގޮތެއްގެ މަތިން އެހީތެރިވެދިނުން. 8. އެކިއެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީ، މެސެޖު ފަދަ ތަކެތި އެފަރާތްތަކަށް ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެމަތިން ރައްދުކުރުން. 9. އޮފީހުގެ ދިއްލުންތައް މަރާމާތުކޮށް ބެލެހެއްޓުމާއި ގަޑިތަކަށް ލައްވަންޖެހޭ ބެޓްރީލައްވާ ބެލެހެއްޓުން. 10. އޮފީސް ޢިމާރާތް ދުވާލަކު އެއްފަހަރު ފޮޅާ ސާފުކުރުމާއި ހަފްތާއަކު ދެ ދުވަހު މޮޕްކުރުން. 11. ރަށު ކައުންސިލް އިދާރާގެ ވަޅުތައް ދިޔަ ހިއްކާ ސާފްކޮށް ބެލެހެއްޓުން. 12. ރަށު ކައުންސިލް އިދާރާއިން ނެރޭ އިޢުލާނުތަކާއި އެންގުންތައް ނޯޓިސްބޯޑުތަކަށް ނެރުން. 13. ރަށު ކައުންސިލްގެ އިދާރާއިން އިންތިޒާމްކުރާ ބައްދަލުވުންތަކަށް މީހުންނަށް ކިޔުމާއި ބައްދަލުވުން ބާއްވާތަން ތައްޔާރުކުރުން. 14. ރަށު ކައުންސިލް އިދާރާގައި އެކި ބޭނުންތަކަށް ހޯދާފައިވާ ހިފާ ގެންގުޅޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން. 15. ރަށު ކައުންސިލް އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައް ކުރުން.  | 
|
| 
 މަޤާމުގެ ޝަރުޠުތައް  | 
 ނޯޓް: ލިޔަން ކިޔަން އެނގޭނެކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަކަށް ބަލައިގަންނެވެ.  | 
|
| 
 ހުށަހަޅަންޖެހޭ ލިޔުންތައް  | 
 1. ފުރިހަމަކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސާރވިސް ކޮމިޝަނުގެ ވެބުސައިޓުން އަދި މި އިދާރާގެ ވެބުސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.) 2. ވަޒީފާއާށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީ މެއިލް އެޑްރެސް ހިމެނޭގޮތައް: 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ:. 4. ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެމަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމު ދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޓް ކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ކޮޕީ. 6. ވަޒީފާގެ މަސައްކތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ލިބިފައިވާނަމަ ކޮޕީ. 7. ސިވިލް ސރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ. 8. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ. (ހ) ދަޢުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ ޖަމާޢަތެއްގައި ވަޒީފާ އަދާކުށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.  | 
|
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:  | 
  | 
|
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 އޮގަސްޓް 20ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގެނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.  | 
|
| 
 އިންޓަވިއު އޮންނާނެތަނާއި މުއްދަތު:  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 އޯގަސްޓް 28 އާއި 2019 ސެޕްޓޭމްބަރ 05 އާއި ދެމެދު، މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާގައެވެ.  | 
|
| 
 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކަށް އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:  | 
 35% (ތިރީސް ފަސް) ޕަސެންޓް  | 
|
| 
 މި ޢިއުލާނާއ ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅާނީ ރަސްމީ ގަޑީގައޮ 6720601 ނަންބަރ ފޯނާއެވެ. އަދި އީ މެއިލް ކުރާނީ [email protected] އަށެވެ.  | 
||
