ދިވެހިރާއްޖެ
a
&
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީކައުންސިލްގެ އިދާރާ
ފ. ފީއަލީ،
ދިވެހިރާއްޖެ.
ނަންބަރ: (IUL)370-ESMS SC/370/2019/27
އިއުލާން |
1440 ވަނަ އަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމަށް ބާއްވާ ބީރު ޗެލެންޖުގައި ބައިވެރިވުމާއި ގުޅޭ
1440 ވަނަ އަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމަށް ބާއްވާ ބީރު ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ޢާއްމުކޮށް ހުޅުވާލެވިފައެވެ. ބީރު ޗެލެންޖުގައި ބައިވެރިވެވޭނީ މިކަމަށް ފީއަލި ކައުންސިލް އިދާރާގެ ފަރާތުން ދޫކުރާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުންނެވެ. މި ފޯމާއެކު ބީރު ޗެލެންޖުގެ ގަވާއިދު ހިމެނިފައިވާނެއެވެ.
ބީރު ޗެލެންޖަށް ފޯމް ހުށަހެޅުމުގައި ބަލަންޖެހޭ ކަންތައްތައް
v ބީރު ޗެލެންޖުގައި ބައިވެރިވެވޭނީ 10 މީހުންގެ ޓީމަކުންނެވެ.
v މި ޗެލެންޖުގައި ބައިވެރިވެވޭނީ، ކައުންސިލް އިދާރާއިން ދޫކުރާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުންނެވެ.
v އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކު މި ޗެލެންޖުގައި ބައިވެރިކުރާނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ސިޓީއެއް ފޯމާއެކު ހުށަހަޅަން ވާނެއެވެ.
v ބީރު ޗެލެންޖު ކުރިއަށްދާ ކޮންމެ ރެޔަކު ޓީމަކަށް ނެރެވޭނީ 03 ބީރެވެ.
v މި ޗެލެންޖުގެ އެންމެ ފަހުރޭ، މުޅި ޗެލެންޖުގެ އެންމެ މޮޅު ރަސްބީރު އަދި ނަލަ ބީރު ހޮވޭނެއެވެ.
v ޓީމްތަކުން ނެރޭ ބީރު ފިޔަވައި އިތުރު އެއްވެސް ފަރާތަކަށް މި ޗެލެންޖުގައި ބައިވެރިނުވެވޭނެއެވެ.
ބީރު ޗެލެންޖުގެ ވަނަ ހޮވުން
v ބީރު ޗެލެންޖު ކުރިއަށްދާ ކޮންމެ ރެޔަކު އެންމެ މޮޅު ރަސްބީރާއި ނަލަ ބީރު ހޮވޭނެއެވެ.
v މި ޗެލެންޖުގައި " ރަސްބީރު " މާނަކޮށްފައިވަނީ ކޮންމެ ރެޔަކު އެންމެ ދިވެހިވަންތަ އެންމެ ރީތިކޮށް ހަދާފައިވާ ބީރަށެވެ.
v މި ޗެލެންޖުގައި " ނަލަބީރު " މާނަކޮށްފައިވަނީ ކޮންމެ ރެޔަކު އެންމެ ރީތިކޮށް އެންމެ ގިނަ ލަވަޔަށް ނަށާ ބީރަށެވެ.
v މި ޗެލެންޖުގެ އެންމެ ފަހުރޭ، މުޅި ޗެލެންޖުގެ އެންމެ މޮޅު ރަސްބީރު އަދި ނަލަ ބީރު ހޮވޭނެއެވެ.
v މުޅި ޗެލެންޖުގެ އެންމެ މޮޅު ރަސްބީރަކަށް ބައިސްކަލެއް އިނާމްގެގޮތުގައި ލިބިވަޑައިގަންނަވާނެއެވެ.
v މުޅި ޗެލެންޖުގެ އެންމެ މޮޅު ނަލަ ބީރަކަށް "32 ޓީވީ އެއް އިނާމްގެގޮތުގައި ލިބިވަޑައިގަންނަވާނެއެވެ.
v މުޅި ޗެލެންޖުގެ 01 ވަނަ ޓީމަކަށް 1000ރުފިޔާ އިނާމްގެ ގޮތުގައި ލިބިވަޑައިގަންނަވާނެއެވެ.
v ބީރު ޗެލެންޖުގައި ކޮންމެ ރެޔަކުވެސް ހަމަޖެހިފައިވާ ވަކި ގަޑިއެއްގައި ޓީމުތަކަށް ލިބޭ މާރކްސް އިތުރުކުރުމަށް އެ ޓީމަކަށް ރުހުން އޮތްކަން ހާމަކުރުމަށް ކޫޕަން ފުރައި، އެ ސަރަހައްދުގައި ބެހެއްޓިފައިވާ ފޮށްޓަށް ލާންވާނެއެވެ.
v ބީރު ޗެލެންޖުގެ ވަނަތަކަށް އަންނަ ފަރާތްތައް ހޮވާނީ ޖަޖުންގެ 70 މާކްސް އަދި ބެލުންތެރިންގެ 30 މާކްސް ހިމަނައިގެން އެންމެ މަތިން މާކްސް ލިބޭ ތަރުތީބުންނެވެ.
ވީމާ މި ޗެލެންޖުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން 07 އޮގަސްޓް 2019 ވާ ބުދަ ދުވަހު 14:00ގެ ކުރިން ބީރު ޗެލެންޖުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުމަށްފަހު މި ކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ.
1440 K 26
29 ޖުލައި 2019
މުޙައްމަދު ޖަލީލް
ފީއަލީ ކައުންސިލްގެ ރައީސް