ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

މުވައްޒަފަކު ބޭނުންވެއްޖެ.

މަޤާމް:

ޕްރޮޖެކްޓް އޮފިސަރ 

މަޤާމުގެ ނަންބަރު:

J-281688

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމް ގިންތި:

ދާއިމީ

މަޤާމް ރޭންކް:

އެމް. އެސް. 1

މަޤާމް ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

މަޤާމް އޮތް އޮފީސް:

ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ

މުސާރަ މަހަކު:

މަހަކު 5610.00ރ (ފަސްހާސްހަސަތޭކަދިހަރުފިޔާ).

ސަރވިސް އެލަވަންސް މަހަކު:

މަހަކު 2000.00ރ (ދެހާސްރުފިޔާ).

ސަޕޯޓިން ކޯ އެލަވަންސް 2:

މަހަކު 700.00ރ (ހަތްސަތޭކަރުފިޔާ).

އިތުރު އިނާޔަތްތައް:

1. ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންސަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިޔަތުތަކާއި ވާޖިބުތައް:

  1. ޤާނޫނު ނަންބަރ 2010/7 ގެދަށުން ކައުންސިލުން އެކަށައަޅާފައިވާ ޕްލޭންގައި ހިމެނޭ މަޝްރޫޢުތައް ހިންގުމުގައި ކައުންސިލުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި އެއްގޮތަށް ކައުންސިލާއި ޒިންމާދާރުވެރިޔާއާއި، ސެކްޝަން ހެޑްގެ އިރުޝާދުގެ ދަށުން ކުރަންޖެހޭ އެންމެހާ އިދާރީ އަދި ޓެކްނިކަލް މަސައްކަތްކުރުން. 
  2. ޤާނޫނު ނަންބަރ 2010/7 ގެ 23 ވަނަމާއްދާގެ (ނ) ގައިވާ ފަދައިން ސަރުކާރުން އެކަށައަޅާ މަޝްރޫޢު ތަކުގެ ތެރެއިން ރަށުކައުންސިލުން ތަންފީޒުކުރުމަށް ރަށުކައުންސިލާއި، ސަރުކާރުން ޙަވާލުކުރައްވާ ތަރައްޤީގެ މަޝްރޫޢުތައް ހިނގާނުހިނގާގޮތް ބަލައި ބަލަހައްޓަންޖެހޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ހަދަންޖެހޭ ރިޕޯޓްތައް ހަދައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ އެންމެހާ މަސައްކަތްތައް ކައުންސިލާއި، ޒިންމާދާރުވެރިޔާއާއި ސެކްޝަންހެޑްގެ އިރުޝާދުގެ ދަށުން ކުރުން.
  3. ރަށުކައުންސިލުން ހިންގާ ތަރައްޤީގެ އެންމެހާ މަޝްރޫޢުތަކުގެ އިދާރީ އަދި ޓެކްނިކަލް މަސައްކަތްތައް ކައުންސިލާއި ޒިންމާދާރުވެރިޔާއާއި ސެކްޝަން ހެޑްގެ އިރުށާދުގެ ދަށުންކުރުން
  4. . އަމިއްލަ ފަރާތްތަކުންނާއި ކްލަބް ޖަމިއްޔާ ފަދަ ތަންތަނުން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ރަށުގައި ހިންގާ ޕްރޮޖެކްޓްތައް ހިގާނުހިގާ ގޮތްބެލުމާއި އެކަމާއި ގުޅިގެން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކުރުން.
  5. އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލްވެގެން ކުރަންޖެހޭ ކަނތައްތަކާއި، މުހިންމު ކަންތައްތަކާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ ކަންތައްތައް ކުރުން. 

މަޤާމުގެ ޝަރުޠުތައް:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް އާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. (މިފޯމް ބަނޑިދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް.
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުން ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީތަޢުލީމްދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  • މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގައިވާ ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 އޮގަސްޓް 2019 ގެ 13.00 ގެ ކުރިން ބަނޑިދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]   އަދި ފެކްސް 6760662 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައި ގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 މިމަޤާމަށް މީހަކުހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 09 އޮގްސްޓް 2019 އާއި، 23 އޮގަސްޓް 2019 އާއި ދެމެދު ބަނޑިދޫ ކައުންސިލްގެ އިދާރާގައެވެ.

ސޯޓް ލިސްޓްކުރުން:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސް ލިބޭފަރާތްތައް ސޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމާއި ގުޅިގެން އިތުރު މަޢުލޫމަތެއް ސާފްކުރައްވަން ބޭނުންފުޅުވެލައްވާނަމަ މި އިދާރާގެ ނަންބަރު: 6760045 ފޯނަށް ގުޅުއްވުން އެދެމެވެ.

29 ޖުލައި 2019
ހޯދާ