މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ލީގަލް ކައުންސެލް

  ނަންބަރު: IUL)479/1/2019/12) 

 

އިޢުލާން

 

ޤާނޫނު ނަންބަރު 2013/10 (އާބިޓްރޭޝަނުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގައި ބަޔާންކުރާ މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައި މަސައްކަތްކުރުމަށް ލީގަލް ކައުންސެލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި އާންމުކޮށް އިޢުލާންކުރަމެވެ.

 

މި ސެންޓަރުގެ ލީގަލް ކައުންސެލްގެ މަޤާމަށް މުވައްޒަފަކު ހަމަޖައްސާނީ މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑުގެ މަޝްވަރާގެ މަތިން ޗެއަރމަންއެވެ. މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް އަދި މުސާރައާއި އިނާޔަތްތައް ތިރީގައި އެވަނީއެވެ.

 

މަސްއޫލިއްޔަތާއި ޒިންމާތައް:

 

  1. ޤާނޫނު ނަންބަރު: 2013/10 (އާބިޓްރޭޝަނުގެ ޤާނޫނު) ގެ ދަށުން ވިޔަފާރީގެ މައްސަލަތައް، ޝަރުޢީ ކޯޓުތަކަށް ހުށަހެޅުމުގެ ބަދަލުގައި، އެ މައްސަލައެއްގައި ހިމެނޭ ފަރާތްތަކުން ޢައްޔަންކުރާ މިނިވަން ތިންވަނަ ފަރާތެއް މެދުވެރިކޮށް ބަލައި ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. ޤާނޫނުގެ ދަށުން ޢައްޔަންކުރެވޭ އާބިޓްރަލް ޓްރައިބިއުނަލްގެ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި "އާބިޓްރަލް ޕްރޮސީޑިންގްސް" ގައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  3. ޔުނައިޓެޑް ނޭޝަންސް ކޮމިޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް ލޯ (އަންސިޓްރަލް) އިން ކަނޑައަޅާފައިވާ ނަމޫނާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގެ އާބިޓްރޭޝަނުގެ ނިޒާމް ޤާއިމުކޮށް ތަރުތީބުކުރަންޖެހޭ އެންމެހައި މަސައްކަތްތަށް ކުރުމުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހެދުން.
  4. އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި ސީއީއޯ ކަނޑައަޅާގޮތެއްގެ މަތިން މިނޫންވެސް ޙަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތު:

 

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު، ޤާނޫނީ ދާއިރާގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ބޭނުންވާ ޢަދަދު:

2 (ދޭއް)

މުސާރައާއި އިނާޔަތްތައް:

 

  • މުސާރަ: 15،200.00 (ފަނަރަހާސް ދުއިސައްތަ) ރުފިޔާ
  • އެހެން ވަޒީފާއެއް އަދާނުކުރެވޭތީ ދޭ އެލަވަންސް : 6،840.00 (ހަހާސް އައްސަތޭކަ ސާޅީސް) ރުފިޔާ
  • ސަރވިސް އެލަވަންސް: : 3،800.00 (ތިންހާސް އައްސަތޭކަ) ރުފިޔާ
  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން އިތުރުގަޑީގެ ފައިސާ ދެވޭނެ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • އާބިޓުރޭޝަން  މޮޑިއުލެއް/ ޔުނިޓެއް ހަދާފައިވުން.
  • އިންޓަރނޭޝަނަލް އާބިޓްރޭޝަން އިންސްޓިޓިއުޓެއްގެ މެންބަރެއްކަމުގައިވުން.
  • އާބިޓުރޭޝަން މައްސަލައެއްގައި އަމަލީގޮތުން ބައިވެރިވެފައިވުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 އޮގަސްޓް 2019 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ކައުންޓަރަށެވެ. އަދި އީމެއިލް   [email protected] ނުވަތަ ފެކްސް 3314109 މެދުވެރިކޮށްވެސް މަޤާމަށް ބޭނުންވާ ލިޔެކިޔުންތައް ސުންގަނޑި ހަމަވުމުގެ ކުރިން ފޮނުވިދާނެއެވެ. އީމެއިލްކުރައްވާނަމަ، އެއް އީމެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓްތައް އެޓޭޗްކޮށް ފޮނުއްވަންވާނެއެވެ.

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތަން:

  1. ވަޒީފާއަށް އެދޭ ފަރާތުން ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

    5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

    6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އެއް އަދަދަކަށް މާކްސް ލިބިފައިވާނަމަ، ވަޒީފާއަށް އެދި ހުށަހެޅި ފޯމުތަކުގެ ތާރީޚުގެ ތަރުތީބުން އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވޭނެއެވެ.

      

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010100 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3314109 އެވެ. އީ-މެއިލް ކުރާނީ[email protected]  އަށެވެ.

       

                          22 ޛުލްޤަޢިދާ  1440    

25 ޖުލައި 2019
ހޯދާ