ދިވެހިރާއްޖޭގެ ބާ ކައުންސިލު
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބު 2019 ގައި ޞައްޙަ ވޯޓާއި ބާޠިލް ވޯޓު ކަނޑައެޅުމާ ގުޅޭ
                                
އިޢުލާން
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބު 2019 ގައި ޞައްޙަ ވޯޓާއި ބާޠިލް ވޯޓު ކަނޑައެޅުމާ ގުޅޭ
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ގުނުމުގައި ތިރީގައިމިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އޮންނަ ކޮންމެ ވޯޓަކީ، ބާޠިލުވޯޓެކެވެ.
- އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ނޫން އެހެން ކަރުދާހެއްގައި ދީފައިވާ ވޯޓު.
 - އެއްވެސް ފާހަގައެއް ޖަހާފައި ނުވާ ވޯޓު.
 - ވޯޓު ދޭ މީހާ ވޯޓު ދޭ ވަކި ކެންޑިޑޭޓެއް ކަށަވަރުކުރަން ނޭނގޭގޮތަށް ދީފައިވާ ވޯޓު.
 - ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު.
 - އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ ކެނޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހައިފައި އޮންނަ ކޮންމެ ވޯޓު ކަރުދާހެއް.
 
އިސްވެ ބަޔާންކުރެވިފައިވާ ގޮތްތަކުގެ އިތުރުން އެމީހަކަށް ދޫކުރާ ވޯޓު ކަރުދާހުގައި، އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައިވާ ކޮންމެ ވޯޓަކީ ޞައްޙަ ވޯޓެކެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.
22 ޛުލްޤައިދާ 1440
             25 ޖުލައި 2019
            
        
                    ހޯދާ  
                
                