ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް
ދިވެހިރާއްޖެ
ފެކަލްޓީގެ ބަދިގެތަކަށް ބޭނުންވާތަކެތި (ކިޗަން އިކުއިޕްމަންޓްސް) ހޯދުން

ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް،

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ،

ފަޅުމަތީމަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3345262 (960)

http://www.mnu.edu.mv

                                                     ނަންބަރ: 153-FHTS-2019-20

 

އިޢުލާން

 

މި ފެކަލްޓީގެ ބަދިގެތަކަށް ބޭނުންވާތަކެތި (ކިޗަން އިކުއިޕްމަންޓްސް)، ފަސްދޮޅަސް (60) ދުވަހުގެ ތެރޭގައި ފެކަލްޓީއަށް ސަޕްލައި ކުރުމާއި، އެތަކެތީގެ ތެރެއިން އިންސްޓޯލް ކުރަންޖެހޭ މެޝިނަރީޒް އިންސްޓޯލްކޮށް ސެޓަޕް ހަދައިދޭނެ ފަރާތެއް ހޯދުމަށް 18 ޖޫން 2019 ގައި ކުރެވުނު ނަންބަރު 153-FHTS-2019-13 އިޢުލާނަށް އެކަށީގެންވާ އަގުތަކެއް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. މި ކަމާއިގުޅޭ ހުރިހާ މަޢުލޫމާތާއި ބޭނުންވާ ތަކެތީގެ ލިސްޓާއި އަދި ބީލަން ތައްޔާރުކުރުމާއި ހުށަހެޅުމުގައި ޢަމަލުކުރަންޖެހޭނެގޮތާއި ބީލަން ވަޒަންކުރާނެ ގޮތުގެ މައުލޫމާތުތައް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން އެޓޭޗްކުރެވިފައިވާ މަޢުލޫމާތުތަށް ރަނގަޅަށް ބެއްލެވުމަށްފަހު، އިތުރު ކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މަޢުލޫމާތު ޝީޓުގައިވާ ނަންބަރަށް ގުޅުއްވާ ބޭނުންވާ ކަމެއް ސާފުކުރެއްވުމަށްފަހު، 01 އޮގަސްޓް 2019 ވަނަ ދުވަހުގެ 16:00 އަށް ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (ޔުނިވަރސިޓީ ދަރިވަރުންގެ ދަނާލު ކުރިމަތި) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

25 ޖުލައި 2019
ހޯދާ