ދިވެހިރާއްޖެ
ނަންބަރ. (IUL)241-A/241/2019/21
އިޢުލާން
އަތޮޅުކައުންސިލްއިންދޭ ނަމޫނާ އާއި އެއްގޮތަށް ޓްރޮފީ ތަކެއް ހަދައިދޭނެ ފަރާތެއް ހޯދުން
މިއިދާރާއިން ދޭ ނަމޫނާ އެއްގޮތައް ޓްރޮފީހެދުމަށް ބަޔަކު ހޯދުމަށް ކުރި އިޢުލާން ނަންބަރ ( 22-07-2019)(IUL)241-A/241/2019/20 އިޢުލާން ބާޠިލްކުރެވިފައިވާތީ އަލުން އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.
މިއިދާރާގައި ކުރިއަށްދާ އެކިއެކި އިވެންޓްގައި ބޭނުންކުރުމަށް މިއިދާރާއިންދޭ ކުރެހުމާއި އެއްގޮތަށް ޓްރޮފީތަކެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ ، މިކަމަށް އެދި ޝައުގުވެރިވާ ފަރާތްތަކުން 29 ޖުލައި 2019 ވާ ހޯމަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުމަށްފަހު 01 އޮގަސްޓް 2019 ވާ އާދީއްތަ ދުވަހުގެ 13.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅުއްވަންވާނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި ކުންފުނި ތަކުންނެވެ. އަންދާސީ ހިސާބް ހުށަހަޅުއްވާއިރު ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ކޮޕީ އާއި ކުންފުންޏެއް ނުވަތަ އިންވެސްޓްމެންޓެއް ނަމަ ރަޖިސްޓްރީގެ ކޮޕީ އަދި މީރާގައި ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ލިއުން ހުށަހަޅުއްވަން ވާނެއެއެވެ.
- ހުށަހަޅާ އަގަށް %60
މުށްދަތަށް %40
ގަޑިޖެހިގެން މައުލޫމާތު ސާފް ކުރުމަށާއި އަންދާސީ ހިސާބް ހުށަހެޅުއްވުމަށް އަންނަ ފަރާތްތަކަށް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިއުލާންކުރީމެވެ.
21 ޛުލްޤައިދާ 1440
25 ޖުލައި 2019