ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިންޓަރންޝިޕް ފުރުސަތު-ލީގަލް

  

މި އޮތޯރިޓީގައި އިންޓަރނެއްގެ ގޮތުގައި މަސައްކަތްކުރުމަށް ތިރީގައި މި ދަންނަވާގޮތަށް މީހަކު ބޭނުންވެއެވެ.

ބޭނުންވާ ޑިވިޜަން/ސެކްޝަން/ދާއިރާ:

ލީގަލް އެންޑް އިންވެސްޓިގޭޝަން ޑިވިޝަން/ލީގަލް

ބޭނުންވާ އަދަދު:

1 (އެކެއް)

ބޭނުންވާ މުއްދަތު:

3 (ތިނެއް) މަސްދުވަސް (މަސައްކަތަށް ބަލާ ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތީން މި މުއްދަތު އިތުރުކުރުމުގެ އިހުތިޔާރު ލިބިގެންވޭ)

އެލަވަންސް:

ހާޒިރުވާ ރަސްމީ ކޮންމެ ދުވަހަކަށް -/165 ރުފިޔާ

މަސައްކަތްކުރަންޖެހޭ ވަގުތު:

08:00 ން 15:00 އަށް

މައިގަނޑު މަސައްކަތް:

  • ޑިވިޝަނަށް އަންނަ ސިޓީތަކާއި ފޯނުކޯލުތަކަށް ޖަވާބު ދިނުން.
  • ކައުންސިލްތަކާއި ކައުންސިލަރުންނާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތަކުގެ ދަފްތަރު ބަލަހައްޓާ، ހުށަހަޅާ މައްސަލަތައް ބަލާ ޖަވާބުދާރީވުމާއި، ކައުންސިލަރުންނަށް މި އޮތޯރިޓީގެ ބޯޑުން އަޅާ ފިޔަވަޅުތަކުގެ ޑޭޓާބޭސް ބެލެހެއްޓުމުގައި އެހީތެރިވުން.
  • ކައުންސިލްތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކާއި ކައުންސިލްތަކާ ގުޅޭގޮތުން ބެލުމަށް އޮތޯރިޓީން ނިންމާ މައްސަލަތައް ބަލާ މައްސަލައިގެ ހުލާސާ ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވުން
  • ގާނޫނު އިސްލާހުކުރުމާއި ގާނޫނުތަކާއި ގަވާއިދުތަކަށް ކޮމެންޓުކުރުމާއި، އޮތޯރިޓީން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމުގައި ކުރަންޖެހޭ ކަންކަން ކުރުމުގައި އެހީތެރިވުން.
  • ލޯކަލް ކައުންސިލްތަކުން ފޮނުވާ ލިޔެކިޔުންތަކާ ގުޅިގެން ނުވަތަ ކައުންސިލްތަކަށް ދިމާވާ ތަފާތު މައްސަލަތަކާ ގުޅިގެން ދޭންޖެހޭ ގާނޫނީލަފާ ދިނުމުގައި ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް އެހީތެރިވުން.
  • ކައުންސިލްތަކުން އެކުލަވާލާ ގަވާއިދުތަކާއި އުސޫލުތައް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.
  • ކައުންސިލްތަކުގެ މަސައްކަތްތަކާ ގުޅިގެން އެކި ފަރާތްތަކުގެ ބަޔާން ނަގައިދިނުމަށް އެ ކައުންސިލުތަކުން އެދޭ ހާލަތްތަކުގައި، އެފަރާތްތަކުގެ ބަޔާން ނަގައިދީ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

ތައުލީމީ ފެންވަރު:

ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފުރިހަމަކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު
  2. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްގެ ކޮޕީ
  5. ލިބިފައިވާ ކުރު މުއްދަތު ތަމްރީނުތަކުގެ ކޮޕީ
  6. ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ

އެދެންވީގޮތާއި ސުންގަޑި:

  • ޝައުޤުވެރިވާ ފަރާތްތަކުން 31 ޖުލައި 2019 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް އިންޓަރންޝިޕަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތައް [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އީ-މެއިލް އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ފޯމް ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • އިންޓަރންޝިޕަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މިއޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • އިންޓަރންޝިޕަށް ކުރިމަތިލީ ފަރާތްތަކުގެ އަދަދު އިންޓާނުން ބޭނުންވާ އަދަދަށްވުރެ އިތުރުވާނަމަ މީހަކު ނަގާނީ މެރިޓް އުސޫލުން އެންމެ ގިނައިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓްކޮށް އިންޓަވިއު ކުރުމަށްފަހު އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށް އިސްކަންދީގެންނެވެ.
  • މީހަކު ނެގުމުގައި ގާނޫނީ ދާއިރާއިން ތައުލީމު ހޯދަމުންދާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ފޯމުގައިވާ ހުރިހާ ބައިތައް ފުރިހަމަކުރަންވާނެއެވެ. އަދި ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ.
  • ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި މައުލޫމާތާއި ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލުކުރެވޭނެއެވެ.
  • އިތުރު މައުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3013100 އިން ސާފުވާނެއެވެ.

 

 

 

 

 

25 ޖުލައި 2019
ހޯދާ