ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިންޓަރންޝިޕް ފުރުސަތު-ޕްރޮކިއުމަންޓް

މި އޮތޯރިޓީގައި އިންޓަރނެއްގެ ގޮތުގައި މަސައްކަތްކުރުމަށް ތިރީގައި މި ދަންނަވާގޮތަށް މީހުން ބޭނުންވެއެވެ.

ބޭނުންވާ ޑިވިޜަން/ސެކްޝަން/ދާއިރާ:

ކޯޕަރޭޓް ސަރވިސް ޑިވިޝަން/ އެޑްމިން ސަޕޯޓް ސަރވިސް/ޕްރޮކިޔުމަންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

ބޭނުންވާ މުއްދަތު:

3 (ތިނެއް) މަސްދުވަސް (މަސައްކަތަށް ބަލާ ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތީން މި މުއްދަތު އިތުރުކުރުމުގެ އިހުތިޔާރު ލިބިގެންވޭ)

އެލަވަންސް:

ހާޒިރުވާ ކޮންމެ ރަސްމީ ދުވަހަކަށް -/165 ރުފިޔާ

މަސައްކަތްކުރަންޖެހޭ ވަގުތު:

08:00 ން 15:00 އަށް

މައިގަނޑު މަސައްކަތް

  • މި އޮތޯރިޓީއަށް ހޯދަންޖެހޭ އެންމެހާ ތަކެއްޗާއި ހިދުމަތްތައް މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން ހޯދުމުގެ އެންމެހައި ކަންކަން ކުރުމުގައި އެހީތެރިވުން.
  • އޮފީހަށް ގަންނަން ބޭނުންވާ މުދަލާއި ތަކެތި ގަތުމަށް ބިޑުކުރަންޖެހޭ ހާލަތްތަކުގައި ބިޑިންގެ ކަންތައްތައް ކުރުމާއި ބިޑް ޑޮކިއުމަންޓާއި އެގްރިމަންޓް ހެދުމާއި، ބާއްވަންޖެހޭ ބައްދަލުވުންތައް ބާއްވާ، ކަމާގުޅޭ ސެކްޝަންތަކުގެ އެހީއާއެކު ގާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތީން ކުރުމުގައި އެހީތެރިވުން.
  • އޮތޯރިޓީގެ ތަންތަނާއި މެޝިނަރީއާއި އިކުއިޕްމަންޓްސްތައް މަރާމާތުކުރުމަށް ބޭނުންވާ ހުއްދަ ހޯދާ އެކަން ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.

ތައުލީމީ ފެންވަރު:

ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފުރިހަމަކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު
  2. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްގެ ކޮޕީ
  5. ލިބިފައިވާ ކުރު މުއްދަތު ތަމްރީނުތަކުގެ ކޮޕީ
  6. ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ

އެދެންވީގޮތާއި ސުންގަޑި:

  • ޝައުޤުވެރިވާ ފަރާތްތަކުން 31 ޖުލައި 2019 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް އިންޓަރންޝިޕަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތައް [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އީ-މެއިލް އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ފޯމް ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • އިންޓަރންޝިޕަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މިއޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • އިންޓަރންޝިޕަށް ކުރިމަތިލީ ފަރާތްތަކުގެ އަދަދު އިންޓާނުން ބޭނުންވާ އަދަދަށްވުރެ އިތުރުވާނަމަ މީހަކު ނަގާނީ މެރިޓް އުސޫލުން އެންމެ ގިނައިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓްކޮށް އިންޓަވިއު ކުރުމަށްފަހު އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށް އިސްކަންދީގެންނެވެ.
  • ފޯމުގައިވާ ހުރިހާ ބައިތައް ފުރިހަމަކުރަންވާނެއެވެ. އަދި ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ.
  • ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި މައުލޫމާތާއި ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލުކުރެވޭނެއެވެ.
  • އިތުރު މައުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3013100 އިން ސާފުވާނެއެވެ.
25 ޖުލައި 2019
ހޯދާ