ދިވެހިރާއްޖެ
ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް،
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ،
ފަޅުމަތީމަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3345262 (960)
http://www.mnu.edu.mv
ނަންބަރ: 153-FHTS-2019-19
އިޢުލާން
މި ފެކަލްޓީގެ ބަދިގެ ޕްރެކްޓިކަލް ކްލާސްތަކުގައި ކެއްކުމަށް ބޭނުންވާ ފުޑް އައިޓަމްސް އާއި އެހެނިހެން ތަކެތި 2019 ޓާރމް 2 ގައި މި ފެކަލްޓީއަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 14 ޖުލައި 2019 ގައި ކުރެވުނު ނަންބަރު 153-FHTS-2019-17 އިޢުލާނަށް އެކަށީގެންވާ އަގުތަކެއް ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. މި މަސައްކަތް ކުރާނީ ކޮންޓްރެކްޓެއްގެ ދަށުން ޑިސެމްބަރ 2019 ގެ ނިޔަލަށެވެ. މި ކަމާއިގުޅޭ އިތުރު މަޢުލޫމާތާއި ބޭނުންވާ ތަކެތީގެ އަންދާޒާކުރެވިފައިވާ ލިސްޓު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިކަންހުރި ފަރާތްތަކުން އެޓޭޗްކުރެވިފައިވާ މަޢުލޫމާތުތަށް ރަނގަޅަށް ބެއްލެވުމަށްފަހު، އިތުރު ކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މަޢުލޫމާތު ޝީޓުގައިވާ ނަންބަރަށް ގުޅުއްވާ ބޭނުންވާ ކަމެއް ސާފުކުރެއްވުމަށްފަހު، 29 ޖުލައި 2019 ވަނަ ދުވަހުގެ 17:00އަށް ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (ޔުނިވަރސިޓީ ދަރިވަރުންގެ ދަނާލު ކުރިމަތި) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.