ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު ދިވެހިރާއްޖެ ނަމްބަރ: 331/331/2019/40(IUL)
އިޢުލާން
ނީލަންކިޔުމާއި ބެހޭ
މިކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތި ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ކިޔުން އޮންނާނީ 02 އޮގަސްޓް 2019 ވާ ހުކުރު ދުވަހުގެ 14:00 ގައި ގާފަރު "ބުލުހަކަތަ" ޢިމާރާތުގެ ކުރިމަތީގައެވެ.
ވިމާ، މިތަކެތީގެ ނީލަމުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން 02 އޮގަސްޓް 2019 ވާ ހުކުރު ދުވަހުގެ 14:00 އަށް "ބުލުހަކަތަ" ޢިމާރާތުގެ ކުރިމައްޗަށް ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ. ނީލަން ކިޔާތަކެތީގެ ލިސްޓް، ފެށޭ އަގުތަކާއި އެކު މިކައުންސިލްގެ އިދާރާގެ ނޯޓީސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ.