ދިވެހިރާއްޖެ
އިޢުލާން
މިހޮސްޕިޓަލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލާއި ށ.އަތޮޅުގެ އެހެނިހެން ސިއްޙީ މަރުކަޒުތަކަށް ހޯދަންޖެހޭ ޕްލާންޓް، މެޝިނަރީސްއާއި އިކުވިޕްމަންޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
ވީމާ، ޕްލާންޓް، މެޝިނަރީސްއާއި އިކުވިޕްމަންޓްސް ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން 05 އޮގަސްޓް 2019 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 އިން 13:00 އާއި ދޭތެރޭ މިއޮފީހަށް ނުވަތަ މާލެއިންނަމަ މިނިސްޓްރީއޮފް ހެލްތަށް (ރޯޝަނީ ބިލްޑިންގް) ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭގޮތުން މަޢުލޫއްމާތު ކަރުދާސް ރެޖިސްޓްރީ ވުމަށްފަހު ލިބިވަޑައި ގަންނަވާނެއެވެ. އަދި 06 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ޕްރީ ބިޑް ސެޝަންއެއް މިއޮފީހުގަޔާއި މިނިސްޓްރީއޮފް ހެލްތް (ރޯޝަނީ ބިލްޑިންގް)ގައި އޮންނާނެއެވެ.
އަންދާސީ ޙިސާބު ހުށައެޅުން އޮންނާނީ 22 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ގައި މި މިއޮފީހުގަޔާއި މިނިސްޓްރީއޮފް ހެލްތު (ރޯޝަނީ ބިލްޑިންގް)ގައެވެ.
މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅު ވެވަޑައި ގަންނަވާނަމަ 06 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުގެ 09:00ގެ ކުރިން [email protected] ނުވަތަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
21 ޛުލްޤައިދާ 1440